ވިނަރެސް ފުލެޓެއްގައި ރޯވުން: ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި
ގޮދަޑިއެއްގައި ރޯވެ، ވިނަރެސް ޓަވަރު ނުވައެއްގެ އެޕާޓްމަންޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ނިންމައިފިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީ ވިނަރެސް ޓަވަރު ނުވައެއްގެ 13 ވަނަ ފަންގިފިލާގެ ހަވަނަ އެޕާޓްމެންޓުން ދުންއަރާކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު 7:41 ހާއިރެވެ. https://sun.mv/207638 އެންޑީއެމްއޭއިން ބުނީ އެޕާާޓްމެންޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން، އެ ތަނުގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައި ވާކަމަށެވެ. ވިނަރެސް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާ: ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި -- ފޮޓޯ/ އެންޑީއެމްއޭ އަދި އެ އެޕާޓްމެންޓުގައި ދިރިއުޅޭ ހަތަރު މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ދޭން ނިންމާފައި ވާކަމަށާއި އޭގެތެރެއިން ދެ މީހަކަށް އެ އޮތޯރިޓީއިން އަންނައުނު ފޯރުކޮށްދީފައި ވާކަމަށެވެ. އެމްއެންޑީއެފްއިން ވަނީ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ބުނެފައެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރީން ވެސް މިފަދަ އަލިފާނުގެ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އަދި، މިފަދަ ހާދިސާތަކުގައި މީހުންގެ ފުރާނައަށް ގެއްލުންވެފައި ވެސް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ