އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު އިސްތިއުފާ ދެއްވައިފި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު އިސްތިއުފާ ދެއްވައިފި

އެމްއެމްއޭގެ ޑެޕިއުޓީ ގަވަނަރު އަހުމަދު އިމާދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އިމާދު ވިދާޅުވީ "މި ނިންމުން އަޅުގަނޑު މި ފައިސަލާކުރީ، މި ފަހުން، އެމްއެމްއޭ. އިން ނިންމާފައިވާ ނިންމުންތަކަކީ އަޅުގަނޑުގެ ނަޒަރުގައި، މުއައްސަސާގެ އަސާސީ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ނުވާތީ" ކަމަށެވެ.
މި ފަހުން ދިމާވި އެންމެ ބޮޑު މައްސަލައަކީ ހުޅުމާލެއިން 22 ހެކްޓަރުގެ ބިން 15 ބިލިއަން ރުފިޔާ އަށް ގަނެ، އެޗްޑީސީ މެދުވެރިކޮށް އެ ފައިސާ ސަރުކާރުގެ ހަރަދުތަކަށް ދޫކުރަން އެމްއެމްއޭގެ ބޯޑުން ނިންމި ނިންމުމެވެ.
އެ ނިންމުން ނިންމި ބައްދަލުވުމުގައި އިމާދު ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
އެމްއެމްއޭގެ ގަވަރުނަރު މުނައްވަރުގެ ވޯޓާއެކު ފާސްކުރި އެ ނިންމުން ރިވިއުކުރަން، އިމާދު ހިމެނޭހެން އެމްއެމްއޭގެ ބޯޑުގެ ތިން މެންބަރަކު ހުށަހަޅާފައިވެ އެވެ. ނަމަވެސް އެކަން ތާވަލެއް ނުކޮށް، އެއަށް ފަހު، އިމާދުގެ ގާނޫނީ ވާޖިބު އަދާކުރަން ހުރަސް އެޅުމުގެ ގޮތުން އެމްއެމްއޭގެ ސިސްޓަމްތަކަށް އޭނާ ނުވަދެވޭ ގޮތް ވަނީ ހަދައިފަ އެވެ.
ތަފުސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ