ދުނިޔޭގައި ދައްކަނީ ދިވެހިންގެ ހިތްވަރުގެ ވާހަކަ، އޮހެނީ ލޯބި

ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ ސޯޝަލް މީޑިއާގައި ދަނީ އާއްމުންގެ ލޯބި ރާއްޖެއަށް އޮހެމުންނެވެ. ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައި އޮތް ގައުމުން ނެގި މި ދިގު ފިޔަވަޅު ދުނިޔެއިން ފާހަގަ ކުރަނީ ދިވެހިންގެ ހިތްވަރުގަދަ ނިންމުމެއްގެ ގޮތުގަ އެވެ.
އިސްރާއިލްގެ ޕާސްޕޯޓުގައި އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނު އިސްލާހުކޮށް، ވަގުތު އެ ތަސްދީގު ކުރުމާއެކު ހޫނު ގުޅަ ވިކޭހެން މިހާރު ދުނިޔޭގައި އެންމެ ހިންގާ އެއް ހަބަރަކީ ދިވެހިން ނެގި މި ފިޔަވަޅުގެ ވާހަކަ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސޯޝަލް މީޑިއާގެ ޓްރެން ވެފައިވާ  އެއް ނަމަކީ" ދިވެހިރާއްޖެ"  އެވެ. ދުނިޔޭގެ ބޮޑެތި ނިއުސް ޗެނަލްތަކާއި ހަބަރުފަތުރާ ވަސީލަތްތަކުން މިދިޔަ 12 ގަޑިއިރު ތެރޭގައި އެންމެ ގަދައަށް ދެއްކީ ދިވެހިންގެ ވާހަކަ އެވެ. ރާއްޖޭގެ ހިތް ވަރުގަދަ މި ނިންމުން ދުނިޔޭގެ އެކި ގައުމުތަކުގެ އާއްމުން ދެކެނީ މިއީ ދިވެހިން އިންސާނިއްޔަތު ކަމަށްޓަކައި އެޅި ހިތްވަރުގަދަ ފިޔަވަޅެއްގެ ގޮތުގަ އެވެ. 
އަލްޖަޒީރާ ނޫހުގެ ހަބަރަށް ކޮމެންޓްކޮށްފައިވާ މީހަކު ބުނެފައިވާ ރާއްޖެ އިގްތިސޯދަކީ ޓޫރިޒަމް އަށް ބަރޯސާވެފައިވާ އިގްތިސޯދެއްގެ ގޮތުގައި އޮތްނަމަވެސް ދިވެހިން ނެގި މި ފިޔަވަޅަކީ އިންސާނިއްޔަތު ކަމަށްޓަކައި ދިވެހިން ކުރި ކަމެވެ. މިކަމުގެ ބަދަލުގައި ދިވެހިންނަށް މާﷲ ދެއްވާނެ ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ދިވެހިންނަށް ޝުކުރުގެ ބަސްތައް ލިޔެފައިވާ ކޮމެޓުގައިވެ އެވެ. ރާއްޖޭން އެޅި މި ފިޔަވަޅާއެކު އެންމެ ގިނަ ބަޔަކު ތައުރީފުކޮށްފައިވަނީ އިންޑޮނޭޝިއާގެ ސޯޝަލް މީޑިއާ އާއި އެ ގައުމުގެ ނޫސްތަކުންނެވެ. އެ ގައުމުގެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ރާއްޖެ އަށް ތައުފީފުކޮށްފަ އެވެ. އިންޑޮނޭޝިއާ އަކީ ރާއްޖެ ނަގާފައި އެންމެ ބޮޑަށް ފަލަސްތީނުގެ މައްސަލާގައި ވަކާލާތު ކުރި އެއް ގައުމެވެ.
އިސްރާއިލްގެ އެންމެ މަޝްހޫރު އެއް ނޫސް ކަމަށްވާ ޖެރޫސަލަމް ޕޯސްޓްގައި އޮތް ރާއްޖޭގެ ހަބަރަށް ކޮމެޓްކޮށްފައިވާ ގިނަ މީހުން ވެސް ވަނީ ރާއްޖެ އަށް ސަޕޯޓްކޮށްފަ އެވެ. ނަމަވެސް ބަައެއް މީހުން ރާއްޖެ އަށް ބަދުބަސް ރައްދުކޮށް ކޮމެންޓް ލިޔެފައި ހުރިއިރު އެ މީހުންނަށް ރައްދު ދިނުމުގައި ދިވެހިންގެ އިތުރުން އެހެން ގައުމުތަކުގެ ރައްޔިތުން ގިނަ ކޮމެންޓް ލިޔެފައި ހުރިކަން ފާހަގަ ކުރެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ޓްރެންޑްވެފައިވާ "ދިވެހިރާޖެން އިސްރާއިލް ޕާސްޕޯޓް" މަނާ ކުރި ވާހަކަ އަށް ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ ބައެއް ފަރާތްތަކުން ވެސް ރާއްޖެ އަށް ސަޕޯޓްކޮށްފައިވާކަން ފާހަގަ ކުރެ އެވެ. މިގޮތުން އިސްރާއިލް އިން ފަލަސްތީނުގައި ހިންގާ ލާއިންސާނީ އަމަލުތަކާ ބެހޭ ގޮތުން އަަޑުއުލާ އެޑަމް މީޑިއާގެ ނަމުގައި ހަރަކާތްތެރިވާ ފަރާތުން ބުނެފައިވާ ގޮތުގައި ދުނިޔޭގައި އޮތް އެންމެ ރައްކާތެރި މަންޒިލުން މިވަނީ އިސްރާއިލްގެ ޕާސްޕޯޓުގައި އެތެރެވުން މަނާކޮށްފަ އެވެ.ރާއްޖެ އަށް އިސްރާއިލްގެ ޕާސްޕޯޓުގައި އެތެރެވުން މަނާ ކުރުމާއެކު ޔޫރަޕުގެ ބައެއް ފަރާތްތަކުން ވަނީ މިކަމުގެ ސަބަބުން ރާއްޖެ އަށް ގެއްލުން ތަކެއް ވާނެ ކަމަށް ބުނެފަ އެވެ. މިގޮތުން ރާއްޖޭގައި ހުރި ބައެއް ފޮރިން އިންވެސްޓްމަންޓްތަކުގައި އިސްރާއިލްގެ މަހުޖަނުންގެ ހިއްސާ އޮތްއިރު އެ މީހުން ރާއްޖެ ދޫކޮށް ދިއުމުގެ ފުރުސަތު އޮތް ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އެގޮތަށް ހިޔާލު ފާޅުކޮށްފައިވާ ފަރާތްތަކަށް އެހެން ގައުމުތަކުގެ މީހުން ރައްދު ދީފައިވެ އެވެ. އެގޮތުން އެ މީހުން ދިޔަނަމަވެސް ރާއްޖެ އަށް އަންނަ މީހުންނާއި އިންވެސްޓްކުރާނެ މީހުން ވެސް މަދު ނުވާނެ ކަމަށް ބުނެފައިވެ އެވެ. ރާއްޖޭން އިސްރާއިލްގެ ޕާސްޕޯޓް މަނާ ކުރުމާއެކު އެކި ގައުމުތަކުގެ ރައްޔިތުން ދަނީ އެ ގައުމުތަކުގެ ސަރުކާރުން ވެސް މި ފިޔަވަޅު އަޅަން އެދެމުންނެވެ. މިގޮތުން ބަންގާޅުގެ ސޯޝަލް މީޑިއާގައި ވަނީ ރާއްޖޭގެ މި ފިޔަވަޅާއެކު އިސްރާއިލް ޕާސްޕޯޓް މަނާ ކުރުމަށް ގޮވާލުން އިތުރުވެފަ އެވެ. އަދި އެ ގައުމުންވެސް ވަނީ އެކަން ކުރަން މަސައްކަތް ކުރާ ކަމަށްވެސް ބުނެފަ އެވެ. 
ރާއްޖޭން އެޅި މި ފިޔަވަޅާއެކު ދުނިޔޭގެ ގިނަ ބައެއްގެ ލޯބި ވަނީ ރާއްޖެއަށް ލިބިފަ އެވެ. އަދި މިހާރުވެސް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. 
ފަލަސްތީނުގެ ބިމަށް ވެރިވެގަނެ އުފައްދާފައިވާ އިސްރާއިލްގައި 9.7 މިލިއަން މީހުންގެ އާބާދީއެއް އޮވެ އެވެ.  މީގެ ތެރޭން 1.2 މިލިއަން މީހުންނަކީ މުސްލިމުންނެވެ. މި އާބާދީގެ ބޮޑު ބަޔަކީ އެކި ގައުމުތަކުން ހިޖުރަކޮށްފައިވާ ޔަހޫދީންނެވެ. މި ގައުމުގައި ދެ ޕާސްޕޯޓް ގެންގުޅޭ މީހުންގެ އާބާދީއަކީ 10 ޕަސެންޓެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ