ވިޒިޓް ދަރަވަންދޫ އިޔާ: ރައްޔިތުންގެ ބޮޑު މާހެފުން ބާއްވައިފި

'ދަރަވަންދޫއަށް ޒިޔާރާތްކުރުމުގެ އަހަރު 2025' ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ދަރަވަންދޫ ރައްޔިތުންގެ ބޮޑު މާހެފުން މިއަދު ބާއްވައިފިއެވެ. މިއަދު ހަވީރު އެ ރަށުގައި ބޭއްވުނު މި މާހެފުމަކީ ރަށުގެ ކުދިބޮޑު އެންމެނާއި ރަށުގައި އުޅޭ އަދި ރަށަށް ޒިޔާރަތްކުރާ ހުރިހާ ފަތުރުވެރީންނަށް ޚާއްސަކޮށްގެން ބޭއްވުނު މާހެފުމެއް ކަމަށް ދަރަވަންދޫ ކައުންސިލުން ވަނީ ބުނެފައެވެ. ދަރަވަންދޫ ރައްޔިތުންގެ ބޮޑު މާހެފުމުގެ ތެރެއިން - ސަން ފޮޓޯ/ އިބްރާހިމް ނާއިޝް "ސަން" އަށް މައުލޫމާތު ދެއްވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވީ މި މާހެފުމަކީ ވިޒިޓިން އިޔާ ފާހަގަކުރުމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ. ދަރަވަންދޫ ރައްޔިތުންގެ ބޮޑު މާހެފުމުގެ ތެރެއިން - ސަން ފޮޓޯ/ އިބްރާހިމް ނާއިޝް މިއަދު ބޭއްވުނު މާހެފުމަކީ ރަށުގެ ކުދިބޮޑު އެންމެނާއި ރަށަށް ޒިޔާރަތްކުރާ އެންމެންނަށް ހާއްސަކޮށްގެން ބޭއްވުނު މާހެފުމެއް ކަމަށް ވެސް ސަމީހު ވިދާޅުވިއެވެ. ދަރަވަންދޫ ރައްޔިތުންގެ ބޮޑު މާހެފުމުގެ ތެރެއިން - ސަން ފޮޓޯ/ އިބްރާހިމް ނާއިޝް އަދި މާހެފުން އެހާ ކުލަގަދަކޮށް އެހާ ފުރިހަމަކޮށް ކުރިއަށް ގެންދެވުނީ ރަށުގެ މުއައްސަސާތަކުގެ ވަރަށް ފުރިހަމަ އެއްބާރުލުމާއި އެކުގައިކަން ސަމީހު ވަނީ ފާހަގަކުރައްވާފައެވެ. ދަރަވަންދޫ ރައްޔިތުންގެ ބޮޑު މާހެފުމުގެ ތެރެއިން - ސަން ފޮޓޯ/ އިބްރާހިމް ނާއިޝް ރަމަޟާން މަސް އަންނަން ހަފްތާއަކަށްވެފައި ވާއިރު ދަރަވަންދޫ ކައުންސިލުން ވަނީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ވިޒިޓް ދަރަވަންދޫ 2025ގެ ބޮޑުދަރުހުގެ ނަމުގައި ދަރުހެއް ވެސް ބާއްވާފައެވެ. ރޯދަމަހުގެ ތެރޭގައި ވެސް ކޮންމެ ހުކުރު ދުވަހެއްގައި ދަރުސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ދަރަވަންދޫ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން ވެސް ތަރާވީހު ޕްރޮގްރާމްތަކާއި ރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގުރުއާން ކުލާސްތަކެއް ވެސް މި ރޯދަމަހުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ދަރަވަންދޫ ކައުންސިލުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ