މާލެއިން ދެކުނުގެ ހަތަރު އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައި ވަނީ ގއ، ގދ، ޏ އަދި އައްޑު އަތޮޅަށެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މިއަދުގެ ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށް އެ ސަރަޙައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ވެސް ލަފާކޮށްފައި ވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް 4 އަތޮޅަކަށް ވައިޓް އެލާޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ