ކޮންމެ އީދަކީ ވެސް އުފާވެރި ހަނދާންތަކެއްގެ ބިންވަޅު ނެގޭ، ބަރަކާތްތެރި މުނާސަބަތަކަށް ހެދުމަށާއި އީދުގައި އިޖުތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާކުރަން އިސްކަން ދޭން ރައީސް މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފި އެވެ.
ބުނީ ކީކޭ؟ - ބޮޑު އީދުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި އީދު ފަދަ ކޮންމެ މުނާސަބަތެއްގައި ވެސް އެއްބައިވަންތަކަން އާލާކުރަން އިސްކަންދޭން ރައްޔިތުންގެ ކިބައިން ބާރުއެޅުއްވި އެވެ.
"ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި ގާތްތިމާގެ ކަމާއި ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި ދަރިންނަށް ރީތި ނަމޫނާ އާއި ނަސޭހަތްތަކުން ތަސައްލީ ލިބި ދިނުމަކީ އީދުގެ ހަގީގީ ޒީނަތްތެރިކަމެވެ،" އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވި އެވެ.
ތަފްސީލު - ރައީސްގެ ހިތާބުގައި ދިވެހިންގެ ހިތުގައި ފަލަސްތީނަށް އޮތް ލޯތްބާއި ކުލުނު ވެސް ފާހަގަކުރެއްވި އެވެ.
"މިފަދަ ކޮންމެ އީދަކުމެ، ދުރާއި ގާތުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންގެ މަތީން އަޅުގަނޑުމެން ހަނދާން ކުރަމެވެ. ވަކިން ހާއްސަކޮށް ފަލަސްތީނުގެ ލޮބުވެތި އުހުއްވަތްތެރީންނަށް ހިތްތަކުގައި އޮތް ކުލުނު، ދިވެހި ރައްޔިތުން ބަންޑުންކޮށްލަނީ ކަރުނައާ އެކު ދަންނަވާ ހެޔޮ ދުއާތަކުންނެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ހިތާބު ނިންމާލެއްވީ ދިވެހިންނަށް އަމާންކަމާއި ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބަތެއްގެ ގޮތުގައި ބޮޑު އީދު ލެއްވުމަށް އެދި ދުއާ ދަންނަވަމުންނެވެ.
ރައީސްގެ އިލްތިމާސް: އީދުގައި އިސްކުރަންވީ އިޖުތިމާއީ ރޫހާއި އެއްބައިވަންތަކަން އާލާކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ