ގޯލްޑަން ފުޓްސަލް ޗެލެންޖް: ކުޑަހުވަދޫ ބަލިކޮށް މާއެނބޫދޫ އަތޮޅު ފައިނަލަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: ކުޑަހުވަދޫ ބަލިކޮށް މާއެނބޫދޫ އަތޮޅު ފައިނަލަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ކުޑަހުވަދޫ ބަލިކޮށް އެ އަތޮޅު މާއެނބޫދޫ އިން ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ރޭ ކުޅުނު މެޗު މާއެނބޫދޫ އިން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފަސް ވަނަ މިނެޓުގައި ކުޑަހުވަދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މާޔިޒް ވަހީދު އެވެ. އެކަމަކު، އޭގެ ހަ މިނެޓު ފަހުން މާއެނބޫދޫގެ އަހުމަދު އީމާން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މާއެނބޫދޫ އިން ލީޑު ނެގީ މެޗުގެ 13 ވަނަ މިނެޓުގައި އަހުމަދު ޝައިހާން ޖެހި ގޯލުންނެވެ. އަދި އޭގެ ދެ މިނެޓު ފަހުން އާމިލް އަލީ ވަނީ ވަނީ ގޯލު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އާމިލް ވަނީ މާއެނބޫދޫގެ ހަތަރު ވަނަ ގޯލު ޖަހާފަ އެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި އާމިލް ވަނީ އިތުރު ގޯލެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ކުޑަހުވަދޫގެ ކެޕްޓަން ޖުމައިލް ޖަމީލް (ޖުމްބެ) ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. ކުޑަހުވަދޫ އިން ޖެހި ތިން ވަނަ ގޯލު މެޗުގެ ފަހު މިނެޓުގައި އެ ޓީމަށް ޖަހާދިނީ މުހައްމަދު އަޔާޒް އެވެ. އޭގެ ފަހުން، ކުޑަހުވަދޫ އަށް ލިބުނު ދުރު ޕެނަލްޓީއެއް ޖުމައިލް އަށް ކާމިޔާބު ނުކުރެވުނެވެ.
މި ނަތީޖާއާ އެކު ތިން ޓީމު ހިމެނޭ މި އަތޮޅުގެ އެއްވަނަ ޓީމުގެ ގޮތުގައި މާއެނބޫދޫ އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައިގެންނެވެ. ކުޑަހުވަދޫ އަށް ލީގު ބުރުގައި އަދި ބާކީ އެއްމެޗު އެބައޮތެވެ. އެއީ، ބަނޑިދޫއާ ދެކޮޅަށް ކުޅޭ މެެޗެެވެ.
16:00: ހއ. މާރަންދޫ - ހއ. ފިއްލަދޫ
16:00: ހއ. ބާރަށް - ހއ. ކެލާ
17:00: ހއ. ވަށަފަރު - ހއ. އިހަވަންދޫ
17:00: ހއ. ދިއްދޫ - ހއ. އުތީމު
----------------------------------------
20:00: ހދ، ހަނިމާދޫ - ހދ. ފިނޭ
20:00: ހދ. ނޭކުރެންދޫ - ހދ. މަކުނުދޫ
21:00: ހދ. ކުމުންދޫ - ހދ. ނައިވާދޫ
21:00: ހދ. ނޮޅިވަރަން - ހދ. ވައިކަރަދޫ
22:00: މ. ވޭވަށް - މ. ދިއްގަރު
22:00: މ. މުލަކު - މ. މަޑުއްވަރީ
23:00: މ. ނާލާފުށި - މ. ކޮޅުފުށި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ