ހދ އަތޮޅު ކައުންސިލަށް ވޭނެއް ހޯދަނީ

ހދ. އަތޮޅު ކައުންސިލަށް ވޭނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާން ބާޠިލްކޮށް، އަލުން މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 9 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ބިޑްގައި ރަޖިސްޓަރ ވާންޖެހޭނެއެވެ. ރަޖިސްޓަރ ވުމަށް ހދ. އަތޮޅު ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 16 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި މި ބީލަމުގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށް އެކަނިކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މި މަސައްކަތާ ބެހޭ މަޢުލޫމާތު ހދ. އަތޮޅު ކައުންސިލްގެ ވެބްސައިޓުން 31 ޑިސެންބަރު 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6521692 ނުވަތަ 6521637 އަށް ގުޅުއްވުމަށް ކައުންސިލުން އަންގާފައިވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ