ދައުލަތުގެ އޮފީސްތަކުންނާއި ޓޫރިޒަމް މިިނިސްޓްރީން އެ ތަަނަކަށް ދައްކަން ޖެހޭ ފައިސާއެއް ދެއްކުމުގައި ލުޔެއް ދެވޭނީ އަދި ދައްކަން ޖެހޭ ފައިސާ މާފުކޮށްދެވޭނީ ރައީސްގެ ހުއްދަ ހޯދައިގެން ކަމަށް ބަޔާންކޮށް، އެ ކަމުގައި އަމަލުކުރާނެ އުސޫލެއް މިއަދު އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ - ދައުލަތުގެ އޮފީސްތަކާ އެކު އެކި ފަރާތްތަކުން ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން ލުއި ދިނުމާއި މަންފާ ހޯދައިދިނުމާއި ފައިސާ މާފުކޮށްދިނުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ނެރުނީ މިއަދު ފިނޭންސް މިނިސްޓްރީންނެވެ.
ތަފްސީލް - ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެހެން އޮފީސްތަކުން މުއާމަލާތެއްގައި މީހަކަށް ލުޔެއް، މަންފާއެއް ނުވަތަ މާފު ދިނުމަށް ހުށަހަޅާ ހާލަތްތަކުގައި ކަންކުރަން ޖެހޭ ގޮތަކީ:
އެ ކަމުގައި ލުޔެއް ދޭން ނުވަތަ މާފު ދޭން ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތް ހޯދަން ޖެހޭ
ހުށަހަޅާފައިވާ ލިޔެކިޔުންތަކާ އެކު، ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތް ބަޔާންކޮށް ފޮނުވާ ލިޔުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ
އެދޭ ލުޔެއް ނުވަތަ މާފު ނުދޭން ފިނޭންސް މިނިސްޓަރަށް ނިންމިދާނެ؛ ލުއި ދޭން ނުވަތަ މާފު ދޭން މިނިސްޓަރަށް ފެންނަ ހާލަތުގައި ރައީސްގެ ހުއްދަ ހޯދަން ޖެހޭ
ރައީސް ހުއްދަ ނުދޭ ހާލަތުގައި އެކަން ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ރައީސް ދެއްވާ އިރުޝާދެއްގެ ދަށުން ފިނޭންސް މިނިސްޓަރު
ޓޫރިޒަމް ގާނޫނުގެ ދަށުން ސަރުކާރަށް ދައްކަން ޖެހޭ ކުލި، ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ އާއި އިސްޓްރެސްޓް ބަހާލައިގެން ވަކި ގޮތަށް ދައްކަން ލުއި ދިނުމާއި މާފު ދިނުމަށް ނިންމާ ހާލަތުގައި ވެސް ރައީސްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.
އޭގެ އިތުރަށް:
ޓޫރިޒަމާ ގުޅުން ހުރި މިފަދަ ފައިސާގެ މުއާމަލާތްތަކުގައި ލުއި ދެވޭނީ ފުރަތަމަ ދައްކަން ޖެހޭ ފައިސާ ނުވަތަ އަޕްފްރަންޓް ފައިސާ އެއްކޮށް ދައްކައި ހަލާސްކުރުމުން ކަމަށް ވެސް އުސޫލުގައި ބުނެފައިވޭ
އަޕްފްރަންޓް ފައިސާ ދައްކަން މިނިސްޓްރީން އަންގާތާ 45 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރުމުން މެނުވީ ލުއި ނުވަތަ މާފު ނުދެވޭނެ ކަމަށް ބުނެފައިވޭ
ދައުލަތުގެ އޮފީސްތަކާއި ޓޫރިޒަމް މިނިސްޓްރީން މީހަކަށް މި ގޮތަށް ލުއި ދޭން ނުވަތަ މާފު ދޭން ރައީސްގެ ހުއްދަ ހޯދަން ޖެހުނު ނަމަވެސް ލޯކަލް ކައުންސިލްތަކަށް އެކަން ކުރާކަށް ނުޖެހެ އެވެ. އެގޮތުން:
ކައުންސިލެއްގެ މެންބަރުން ހާޒިރުވާ ޖަލްސާއަކުން ފާސްކޮށްގެން ލުއި ދޭން ނުވަތަ މާފު ދޭން ނިންމޭނެ
ލުއި ދޭން ނުވަތަ މާފު ދޭން ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާ ކައުންސިލަށް އެ ކަމާ ގުޅޭ ލިޔެކިޔުންތައް ހަމަކޮށް ހުށަހަޅަން ޖެހޭ
ލުއި ދޭން ނުވަތަ މާފު ދޭން ކައުންސިލަކުން ފާސްކޮށްފި ނަމަ، ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީއާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އަންގަން ޖެހޭނެ
އޮފީސްތަކުންނާއި ޓޫރިޒަމުން ލުޔެއް ނުވަތަ މާފެއް ދެން ދެވޭނީ ރައީސްގެ ހުއްދަ ހޯދައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ