ހޯރަފުށީގެ މަގުތައް ތަރައްގީ ކުރާ ދެވަނަ ފޭސް ފަށައިފި

ހޯރަފުށީ މަގުތައް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔައީ އެމްޓީސީސީއާއި ހަވާލު ކޮށްގެނެވެ. ފުރަތަމަ ފިޔަވަހީގައި 5.3 ކިލޯ މީޓަރުގައި ތާރު އަޅާފައި ވާއިރު އެއީ ރަށުގެ 11 މަގެވެ.
ހއ. ހޯރަފުށީގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަސައްކަތް ފައްޓަަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.އެމްޓީސީސީން ބުނީ މިއީ ގާތްގަނޑަކަށް 25 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަަށާއި އެއްބަސްވުމުގެ ދަށުން ތިން ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާ ނިންމާނެ ކަމަށެވެ.ހޯރަފުށީ މަގުތައް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔައީ އެމްޓީސީސީއާއި ހަވާލު ކޮށްގެނެވެ. ފުރަތަމަ ފިޔަވަހީގައި 5.3 ކިލޯ މީޓަރުގައި ތާރު އަޅާފައި ވާއިރު އެއީ ރަށުގެ 11 މަގެވެ. އެ ރަށުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 71 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަ ކޮށްފައި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ