ފުލުހަކު ބޭއަދަބީކޮށް މުއާމަލާތު ކުރިކަމަށް ބުނާ މައްސަލައެއް ބަލަނީ ފުވައްމުލަކަށް ނިސްބަތްވާ 24 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ މަސްވެރިން ކިރުވި މަހަށް ފައިސާ ނުލިބިގެން އައްޑޫގައި މުޒާހަރާކޮއްފި ފޯނު ވެއްދުން ހުއްޓުވަން މާފުށީ ޖަލުގައި ދެ މެޓަލް ޑ

އިންޑިއާ ސިފައިން ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރު ކުރަމުންގެންދަނީ ލަންކާ ސިފައިންގެ ވީޑިއޯއެއް ކަމަށް ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެނިގެންދަނީ ރާއްޖޭގައި މިވަގުތު ކުރިށްގެންދާ ތަމްރީނަށް އައި ސްރީ ލަންކާ ސިފައިން ކަމަށެވެ. އަދި އެއީ ލަންކާގެ ޓްރެއިނިންގ އިންސްޓްރަކްޓަރުން ކަމަށާއި އެމީހުން އައިސް އުޅެނީ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ޓްރެއިނިންގއަކަށް ކަމަށެވެ.
“އެ ސިފައިންނަކީ ދިވެހި އަސްކަރިއްޔާއާއި ލަންކާގެ އަސްކަރިއްޔާ ގުޅިގެން އައްޑޫ ސިޓީ ފޭދޫގައި ކުރިއަށްގެންދާ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ތަމުރީނަކަށް ރާއްޖެ ޒިޔާރަތްކުރި ސިފައިންތަކެއް. ” އެމްއެންއެންޑީއެފްގެ މީޑިޔާ އޮފިޝަލު ވިދާޅުވިއެވެ.
މި ވީޑިޔޯ މީސްމީޑިޔާއަށް ދޫކުރާ ފަރާތްތަކުން ބުނެފައިވަނީ ވީޑިޔޯއިން ފެނިގެންދަނީ އިންޑިއާ ސިފައިން ކަމަށާއި އިންޑިއާ ސިފައިން އަދިވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި މި ސަރުކާރުން އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލެވުނު ކަމަށް ބުނެ ދޮގު ހަދަމުންދާ ކަމަށް ބުނެ ހަގީގަތާއި ހިލާފު ވާހަކަތަކެއްވެސް ދަނީ ދައްކަމުންނެވެ.
ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައި އޮތް ހެލިކޮޕްޓަރުތަކާއި އެއާކްރާފްޓުތައް އޮޕަރޭޓްކުރުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމުގެ ކަންބޮޑުވުން އެންމެ ބޮޑަށް ބޮޑުވީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވުމުން، އޭރު އިދިކޮޅުގައި ތިބި ޕީޕީއެމް/ޕީއެންސީން ހިންގި ‘އިންޑިއާ އައުޓް’ ކެމްޕޭނާ ގުޅިގެންނެވެ.
އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅެވެ. އެ ވައުދުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާގެ 76 ސިފައިން ވަނީ އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ