ބޭރުގެ އެމްބަސީތަކުގައި މަސައްކަތްކުރާ 61 މުވައްޒަފުން ރާއްޖެ ގެންނަން އަންގައިފި ރާއްޖެއާއި ލަންކާއާ ދެމެދު ބާއްވާ ޖޮއިންޓް ކޮމިޝަނުގެ 4 ވަނަ ސެޝަން ކޮލޮމްބޯގައި! ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ތުރުކީގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވައިފި ބަންގްލަދޭޝަނުން

ދިވެހިރާއްޖެއިން ޑިމޮކްރަސީއާ އަދުލު އިންސާފުގެ އުސޫލުތައް ދަމަހައްޓަން އަބަދުމެ މަސައްކަތް ކުރާނެކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ބުނީ, މިނިސްޓަރު މިހެން ވިދާޅުވީ ދެކުނު ކޮރެއާ ވެރިރަށް ސޯލްގައި ބޭއްވި “ސަމިޓް ފޯ ޑިމޮކްރަސީ” ގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައިކަމަށެވެ. މި ސަމިޓަކީ އެމެރިކާގެ އިސްނެގުމަކަށް 2021 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސަމިޓެކެވެ. މިއީ މީގެ ތިން ވަނަ ސަމިޓު. މި އަހަރުގެ ޝިއާރަކީ “ޑިމޮކްރަސީ ފޯ ފިއުޗާ ޖެނެރޭޝަންސް” އެވެ.
“ސަމިޓް ފޯ ޑިމޮކްރަސީ” ގައި ޒަމީރު ވިދާޅުވީ ޑިމޮކްރަސީ އާއި އަދުލުވެރިކަމާއި ހަމަހަމަ އިންސާފުގެ އުސޫލުތައް ދިވެހި ސަރުކާރުން އަބަދުވެސް ނަގަހައްޓާ ދަމަހައްޓާނެ ކަމަށާއި ރައްޔިތުންނަށް ހަމަހަމަކަމާއެކު އަދުލު އިންސާފު ހޯދައިދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ކަމަށެވެ.
ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވާއި ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރަން ދިވެހި ސަރުކާރުން ކުރާ މަސައްކަތުގެ މައްޗަށް ވެސް ޒަމީރު ވާހަކަފުޅު ދެއްކެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ