މޫސުން ގޯސްވެ މެދު ރާއްޖެތެރެއަށް ހުދު އެލާޓް ނެރެފި

މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފިއެވެ.
މާލެ ސަރަހައްދު ހިމެނޭހެން ހުދު ސަމާލު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. ހުދު ސަމާލު ނެރުނީ މިއަދު ހެނދުނު 7:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށެވެ. މި ގަޑިތަކުގައި ބޯކޮށް ވާރޭ ވެހުމާ އެކުގައި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވިދާޅުވެއެވެ.
ބ. އަތޮޅުން ފެށިގެން އއ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްލަފާކޮށް، ރޭގައި 3:15 އިން ފެށިގެން ހެނދުނު 7:30 އާ ހަމައަށް ރީނދޫ ސަމާލު ވެސް ނެރުނެވެ.
މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ