ހދ. ފިނޭގެ ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ ރައްޔިތުން އެދޭ ގޮތަށް، ގެނެވެން އޮތް އެންމެ ގިނަ ބަދަލެއް ގެނައުމަށް ފަހު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު މިއަދު ހދ. އަތޮޅުގެ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ފިނޭއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ފިނޭގައި މިވަގުތު ކުރިއަށްދާ އެންމެ މުހިންމު މަޝްރޫއަކީ ބަނދަރުގެ މަސައްކަތް ކަމަށާއި، މި މަޝްރޫއަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުން އެދިވަޑައިގަތްފައިވާކަމަށެވެ.
ރައީސް ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓުގައި މިކަންކަން ހިމަނުއްވާ ރައްޔިތުންގެ ހުވަފެންތަކުގައި ވީހާވެސް ރަނގަޅަށް ކުލަޖައްސަވާދެއްވާނެ ކަމަށެވެ. ރައޫސް އިތުރަށް ވިދާޅުވީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުންވެސް ފިނޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާކަމަށެވެ.
އެގޮތުން ރަށުގެ ސުކޫލު ހުރި ސަރަހައްދު ބަދަލުކުރަން ރައްޔިތުން އެދޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މިކަންވެސް ހިމަނައިގެނއ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.
އަދި ރަށުގައި ކުނި މެނޭޖުކުރާނެ މަރުކަޒަކާއި، ފުލުހުންގެ މަރުކަޒެއްގެ އިތުރުން ކުޑަކުދިންގެ ޕާކެއްވެސް އަޅާދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ފިނޭ ބަނދަރު ތަރައްގީކުރާނީ ރައްޔިތުން އެދޭ ގޮތަށް، ގިނަ ބަދަލުތަކެއް ގެނައުމަށްފަހު ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ