ސިޔާސީ ޕާޓީއަކަށް އެންމެ ފުރަތަމަވެސް ސޮއި ކުރެއްވީ ޕީޕީއެމަށެވެ. ޕީޕީއެމް ވުޖޫދު ވީއްސުރެން މިއަދާ ހަމައަށްވެސް ދެމި ހުންނެވީ އެޕާޓީގައެވެ. ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި، ބަދަލުވަމުންދާ ސިޔާސީ އޮއިވަރުގައިވެސް ސާބިތުކަމާއެކު ހުންނެވީ ހަމަ އެޕާޓީގައެވެ.
ގއ.ވިލިނގިއްޔަށް އުފަން ޒުވާނެއް ކަމުގައިވާ ނަޒްލީން ނަޖީބު ނުވަތަ އާންމު ނަމުން ނަމަ، ކުއްބެ އަކީ އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އޮންނަ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގައި ވިލިނގިލި ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ ކެނޑިޑޭޓެވެ. ވިލިނގިލީ ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ މެންބަރުކަން މިވަގުތު ކުރައްވަމުން އަންނަ ކުއްބެއަކީ ޕީޕީއެމް އުފެދިގެން އައި ދުވަސްވަރު އެދާއިރާގެ ޒުވާނުންގެ ތެރެއިން އެންމެ ފުރަަތަމަ ޕާޓީ އާއި ގުޅުނު އެއް މެންބަރެވެ.
ދާއިރާގެ ތެރޭގައި ހިނގާ ޕާޓީ ހަރަކާތްތަކުގެ އެންމެ ކުރީ ސަފުން އަބަދުވެސް ފެންނަ ހިންގުންތެރި ކުއްބެއަކީ، ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދު ޔާމިން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގއ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރެއްގެ މަގާމު ފުރުއްވާފައިވާ މުރާލި ހިދުމަތްތެރިއެކެވެ. ވެރިކަން ބަދަލުވުމާއެކު ވަޒީފައިން ވަކި ވާން ޖެހުނަސް ސިޔާސީ ވިސްނުމާއި، ފިކުރު ބަދަލުކޮށްގެން އެ ވަޒީފާގައި ދެމި ހުރުމަށް ކުއްބެ ބޭނުމެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ކުއްބެ ވަޒީފާއިން ވަކި ކުރީއެވެ. އަދި އިތުރު ހިތްވަރެއް ލައި ނިމިދިޔަ ލޯކަލްކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެޑިޑޭޓުންގެ ކެމްޕެއިން މެނޭޖަރުގެ މޭސްތިރިކަމުގެ ދަށުން ކުއްބެ ވަނީ ގއ.އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި އާއި، ވިލިނގިލީ ކައުންސިލްގެ ސުޕަ މެޖޯރިޓީ ޕީޕީއެމަށް ހޯއްދަވައިދެއްވާފައެވެ.
ކުއްބެގެ ސިޔާސީ މަގްސަދަކީ ކޮބައިތޯ ”ބޮންތި“ އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ދާއިރާ އާއި ޕާޓީގެ އެންމެހާ ކަންކަން ކުރިއަރުވައި، ޕާޓީގެ މެންބަރުންނާއި ގުޅިގެން ކުރިޔަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމަށް ފުރިހަމަ ކާމިޔާބީ ހޯދުމަށް ތައްޔާރަށް ހުންނެވި ކަމުގައެވެ.
ކެނޑިޑޭޓް ނަންބަރު 3، ކުއްބެ އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗެލާރސް ޑިގްރީ، ދިވެހި ރާއްޖޭގެ ބިޒްނަސް ސްކޫލުން ހާސިލް ކުރައްވައިގެން ހުންނެވި ޒުވާން، އެންމެނާވެސް ގުޅޭ ބޭފުޅެކެވެ.
ވިލިނިގިލީ ދާއިރާގައި ހިމެނޭ އަނެއް ރަށް ކަމުގައިވާ ކޮލަމާފުށިންވެސް އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކާމިޔާބު ހޯއްދަވައި ދެއްވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ކުއްބެ ވަނީ ދެއްވާފައެވެ.
ޕީޕީއެމްގެ އެތެރޭގެ އިންތިހާބު: ވިލިނގިލީ ދާއިރާގެ ރައީސް ކަމަށް އެންމެންގެ ކުއްބެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ