ގެނަމަފުށީ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމުން އަގު ވަޒަންކޮށްފި

ގއ. ގެނަމަފުށީ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރަން ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް ފެނަކައި މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާޅަށް ހަނދާނީ ފިލައެއް ދީފި އެވެ.
ގެމަނަފުށީ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ހިންގި މަޝްރޫއު ނިންމާލައި، ހިދުމަތް ދޭން ފެށުމާ ގުޅިގެން މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މި ފިލާ ހަވާލުކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާމް އެވެ.
މި ރަސްމިއްޔާތުގައި ގެމަނަފުށީ ކައުންސިލްގެ ރައީސް ޝިޔާމް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން ހިންގި މަޝްރޫއުގެ ސަބަބުން އެ ރަށުގެ ރަށްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބެމުންދާ ކަމަށެވެ.
"އެމްޑީ [ މުހައްމަދު ނިމާލް] އާއެކު ވަރަށް ގިނަ ފައިދާތަކެއް ގެމަނަފުއްޓަށް ދަނީ ލިބެމުން،" ޝިޔާމް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާން ވިދާޅުވީ ގެމަނަފުށީ ކައުންސިލަކީ ނަމޫނާ ކައުންސިލެއް ކަމަށެވެ.
"ގެމަނަފުށީ ކައުންސިލަކީ 100 ޕަސެންޓް ޕީޕީއެމް މެޖޯރިޓީ އޮންނަ ކައުންސިލެއް ނޫން. ނަމަވެސް މި ކައުންސިލްގެ މެންބަރުން ދަނީ އެހެން ކައުންސިލް ތަކަށް ނަމޫނާ ދައްކަމުން. ސަރުކާރާއެކު ގުޅިގެން މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ. "ފެނަކަައިގެ އެމްޑީގެ ހާއްސަ ބެލުމުގެ ދަށުން މުޅިން އާ އިންޖީނެއް ރަށަށް [ގެނަމަފުއްޓަ] ށް ފޮނުވައި ދެއްވި. މީގެ އިތުރުން ޓެކްނިކަން މަސައްކަތްތައް ފުރިހަމަ ވެގެން ގޮސްފައިވަނީ،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ