"އަޅުގަނޑުމެންގެ މޮޑެލްތައް އިވެލުއޭޓް ކުރުމުގެ ތެރޭގައި ސެކިއުރިޓީގެ ބޮޑު ހާދިސާއެއް ވަނީ ހިނގާފައި. މި ހާދިސާއިން ދަސްވި އެންމެ ބޮޑު ފިލާވަޅަކީ، އޭއައިގެ ގާބިލުކަން އިތުރުވަމުންދާ މިންވަރަށް މޮޑެލްތަކުގެ ސެކިއުރިޓީއާއި ރައްކާތެރިކަންވެސް ވަރުގަދަކުރަންޖެހޭކަން،" މިކަމާ ގުޅިގެން އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން ވިދާޅުވިއެވެ.
މިފަދަ އެހެން ހާދިސާއެއްގައި، އޯޕަންއޭއައިގެ ވާދަވެރި އެންތްރޮޕިކްގެ ކްލޯޑް މޮޑެލްވެސް ވަނީ ސޭންޑްބޮކްސްއިން ބޭރުވެ، އިންޓަނެޓްގެ ހިދުމަތް ހޯދައި، އޭގެ ސުޕަވައިޒަރަށް އީމެއިލް ކުރުމަށްފަހު އެކަމުގެ ހެކިތައް ފޮހެލާފައެވެ. މި ހާދިސާތަކާއެކު އޭއައިގެ ރައްކާތެރިކަމާ މެދު ކުރެވޭ ބަހުސްތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.
އޭއައި މޮޑެލްތަކަކުން އިންސާނެއްގެ އެހީއާއިނުލައި ޒާތީ މައުލޫމާތުތަކެއް ވަގަށް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ