ޑޮލަރުގެ އަގު މައްޗަށް ދިޔައީ އެމްޑީޕީން ގެންގުޅުނު ރޭވުންތެރިކަމެއް ނެތް ސިޔާސަތުގެ ސަބަބުން: ފަލާހް

މިހާރުގެ ސަރުކާރުގެ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން ފަލާހް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވޭތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށެވެ.
އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ދައްކަވާ ވާހަކަތަކަކީ އަމިއްލަ މަންފާއަށްޓަކައި ދައްކަވާ ދޮގު ވާހަކަތަކެއް ކަމަށް ތުހުމަތު ކުރައްވައި، ފަލާހް ވިދާޅުވީ ރާއްޖެއަށް ހެޔޮއެދޭ ވެރިންނަށް ދިގު މުއްދަތަކަށް ވެރިކަން ކުރުމުގެ ފުރުޞަތު ރައްޔިތުން ދޭންޖެހޭ ކަމަށެވެ. އަދި އެމްޑީޕީން ގެންގުޅުނު އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން ލިބުނު ގެއްލުންތައް ރަނގަޅު ކުރުމަށް ވަގުތު ބޭނުންވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ