ރައީސް ޔާމީނު އަޑުއެހުމަށް ހާޒިރުނުވޭ، ކޯޓުން ބުނީ އެއީ ފިޔަވަޅު އެޅިދާނެ ޙާލަތެއްކަމަށް!

ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ އަޑުއެހުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާޒިރުވެވަޑައިގެންފައިނުވާތީ އެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، 27 އޮކްޓޫބަރު 2025 ވަނަ ދުވަހު 14:30 އަށް ރައީސް ޔާމީންގެ މައްޗަށްކުރާ ރިޝްވަތު ޤަބޫލުކުރުމާ މަނީ ލޯންޑްރިންގެ ދަޢުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރި ކަމަށެވެ.
އެހެންނަމަވެސް މި އަޑުއެހުމަށް ދަޢުވާ ލިބޭ ފަރާތުން ހާޒިރުވެފައިނުވާތީ އަޑުއެހުން ވަނީ ކެންސަލް ކުރެވިފައެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލު ވިދާޅުވީ، ދަޢުވާ ލިބޭ ފަރާތުން މަޤުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެއް ކަމަށެވެ.
ހއ. އަތޮޅުގެ “ތިލައުތުރު އެވޯޑް 2025“ ޝަރަފްވެރިކޮށް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން 27 އޮކްޓޯބަރުގައި ހއ ދިއްދޫއަށް ވަޑައިގަންނަވާނެ ކަން ވަނީ ހާމަކޮށްފައެވެ. ދެ އަހަރުން އެއް އަހަރު ބާއްވާ ތިލައުތުރު އެވޯޑު ރަސްމިއްޔާތު އޮންނާނީ ހޯމަ ދުވަހުގެރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ