ރެމޯ އާއިލާއާއެކު ރާއްޖޭގައި

އިންޑިއާގެ ކުޅަދާނަ ކޮރިއަގްރާފަރު އަދި ފިލްމު ޑައިރެކްޓަރު ރެމޯ ޑިސޫޒަ އާއިލާއާ ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެއެވެ. ރެމޯ ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަންހެނުން ލިޒެލް ޑިސޫޒަ އަދި ދެ ކުދިންނާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ރެމޯ ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައެވެ. އިންޑިއާގެ އެންމެ މަޝްހޫރު އަދި ހުނަރުވެރި ނެށުންތެރިޔާގެ އާއިލާއިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ރ.އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓު ފުރަވެރި މޯލްޑިވްސްގައެވެ. ފުރަވެރިއަށް ޒިޔާރަތް ކުރުމާ އެކު އެ ރިސޯޓުގެ މުވައްޒަފުންގެ ފަރާތުން ރެމޯގެ އާއިލާއެއް ހޫނު މަރުހަބާއެއް ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ފިލްމު އުފެއްދުންތެރިޔާ ވަނީ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ރެމޯ ފުރަވެރި މޯލްޑިވްސްގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް ނެށުމުގެ ހުނަރު ކުރިއެރުވުމުގެ ބޭނުމުގައި ނެށުމާ ގުޅޭ ހާއްސަ ރިއަލިޓީ ޝޯތައް ވެސް އިންތިޒާމުކޮށް ބާއްވަމުން އަންނަ ރެމޯ ވަނީ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ކުންފުންޏެއް ވެސް އުފައްދާފައެވެ. ރެމޯގެ އަމިއްލަ ފިލްމު ކުންފުނީގެ ދަށުން އުފައްދާފައިވާ ފިލްމުތަކުގެތެރޭ، "ސްޓްރީޓް ޑާންސަ 3ޑީ"، "ޓައިމް ޓު ޑާންސް"، "ބީ ހެޕީ" އަދި "އާއި ސާއިބާ" ހިމެނެއެވެ. ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް ނެށުން ތައްޔާރުކޮށްދީފައިވާ ރެމޯ އެންމެފަހުން ކޮރިއަގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރި ބައެއް ފިލްމުތަކުގެތެރޭ، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"، "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ" އަދި މިދިޔަ މަހު ރިލީޒްކުރި ފިލްމު "ރާޖާ ޝިވާޖީ" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ