2018 އިން ފެށިގެން ތާޢީދު ކުރަނީ ރައީސް ސޯލިހަށް: ޝެއިހް އިލްޔާސް

2018 އިން ފެށިގެން ތާޢީދު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަށް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ޝެއިހް އިލްޔާސް މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ ތިން ފިޔަ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، މިހާތަނަށް ރައީސްކަން ކުރެއްވި ބޭފުޅުން އައީ އައްޑޫ ރައްޔިތުންގެ އިހުސާސްތަކާއި ކުޅެމުން ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އައްޑޫ ރައްޔިތުންނަށް އިހުމާލުވެފައިނުވާ ކަމަށެވެ. އެހެންކަމުން މީ އައްޑޫ ރައްޔިތުން ވިސްނަން ޖެހޭ ކަމެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.
ޝެއިހް އިލްޔާސް ވިދާޅުވީ 2018 ވަނަ އަހަރު ރާއްޖެ އޮތް ހާލަތުގައި އޭނާ ނެންގެވި ފިޔަވަޅުމަތީގައި މިއަދާ ހަމައަށް އަދިވެސް ސާބިތުކަމާއި އެކު ހުންނެވިކަމަށެވެ. ދެންވެސް ހުންނަވާނީ ރައީސް ސޯލިހްގެ ފަހަތްޕުޅުގައިކަމަށް ޝެއިހު ވިދާޅުވިއެވެ.
މީގެ އިތުރުން ޝެއިހް އިލްޔާސް ވިދާޅުވީ، ރައީސް ސޯލިހް ގެންދަވަނީ އިޚްލާސްތެރިކަމާއެކު ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ