ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 200،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
މިގޮތުން، ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބުދަ ދުވަހުގެ ނިޔަލަށް 200،801 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 193،174 ފަތުރުވެރިންނަށްވުރެ 3.9 އިންސައްތަ އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާއިންނެވެ.
އެ ގައުމުން 26،965 ފަތުރުވެރިން ޒިޔާރަތް ކުރިއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރީ އިޓަލީންނެވެ. އެ ގައުމުން 21،137 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.
މި އަހަރުގެ މިހާތަނަށް ދެލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ