ގެމަނަފުށީ ނަރުދަމާ މަޝްރޫއު އެމްޑަބްލިއުއެސްސީ އަށް

ގއ. ގެމަނަފުށީގައި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދެވެ.
މަޝްރޫޢު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ މަސައްކަތް ފަށާތާ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 17,6 މިލިއަން ރުފިޔާއަށެވެ ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި މަޝްރޫޢުގެ ދަށުން މަނަފުށީގައި ކުރިން ޤާއިމުކުރުމަށް މަސައްކަތް ފަށާފައިވާ ނަރުދަމާ ނިޒާމުގެ ބަކީ ހުރި މަސައްކަތްތައް ނިންމައި ނިޒާމު ޓެސްޓްކޮށް ކަމިޝަން ކުރުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، ރަށުގައި މީހުން އާބާދުވެފައިވާ ހުރިހާ ސަރަހައްދެއްގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ގޭބީސީތަކާއި ނަރުދަމާނިޒާމު ގުޅުވުމަށްޓަކައި ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބެހެއްޓުމުގެ މަސައްކަތް ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ