މަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާކަމަށް ކަނޑައަޅައިފި ދެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދުވާފަރުގައި މަސްވެރިންނަށް ފިއުލް ޝެޑެއް ގާއިމުކޮށްފި ބިދޭސީ ފަޅުވެރިން ހަ

މަސްވެރިން ކިރުވާ މަހަށް ފައިސާ ލިބުން އަވަސްވުމާ ގުޅިގެން، މަސްވެރިކަމަށް ނުކުންނަ ދޯނިފަހަރުގެ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުންހާމަވެއްޖެއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ހިނގާ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ވަނީ މަސްވެރިންނަށް ޖުމްލަ 13.8 މިލިޔަން ރުފިޔާ ދޫކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މިހާރު މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ވަނީ ފަށާފަ އެވެ. މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި މި އައު އުސޫލަށް އަމަލުކުރަން ފެށުމާއެކު، މަސްވެރިކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފަ އެވެ.
މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، މިފްކޯއިން މަސް ގަންނަ އަގު 16 ރުފިޔާއަށް ބޮޑުކުރުމާއި، މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު 13 ރުފިޔާއަށް ހެޔޮކުރުން ހިމެނެ އެވެ.
ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ މަސް ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށާއި، މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ނެރުމަށްޓަކައި ތަމްރީނު ޕްރޮގްރާމްތައް ފުޅާކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ