އާޒިމްއަށް ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި

މާލެ ސިޓީ މޭޔަރު އާދަމް އާޒިމަށް މަގުމަތިން ހަމަލާދޭން އުޅުނު މައްސަލަ ދިވެހި ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ."އޭޕްރިލް 24، 2026 ވަނަ ދުވަހުގެރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން، މާލެ ސިޓީ މޭޔަރަށް މީހަކު ހަމަލާދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ، އެމްޑީޕީގެ މުޒާހަރާއާއެކު އާޒިމް ކުރިއަށްދަނިކޮށް، މަގުމަތިން މީހަކު ގޮސް އާޒިމްގެ މޭމަތީގައި ޖަހައި ކޮށްޕާލާ މަންޒަރެވެ. މި ހަމަލާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އަމަލު ހަރުކަށީ އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ