މެދުއިރުމަތީގެ މަސްރަހަށް އައި ނުތަނަވަސްކަމާއެކު، ރޯކަދުރުގެ އަގު ރެކޯޑް އަގަކަށް އުފުލިއްޖެ

ބާޒާރުގައި މިއިން އަހަރަކު އަގު ނުއުފުލޭވަރަށް ރޯކަދުރުގެ އަގު އުފުލިއްޖެއެވެ.
ބާޒާރުގައި ރޯކަދުރު ކިލޯއެއްގެ އަގު މިހާރު 400 ރުފިޔާއަށް އަރާފައިވާއިރު، ބައެއް ފިހާރަތަކުން ބުނީ މިއީ މިހާތަނަށް ރޯ ކަދުރުގެ އަގުތައް މިހާ މައްޗަށްދިޔަ ފުރަތަމަ ފަހަރުކަމަށެވެ. ރޯ ކަދުރުގެ އަގު ބާޒާރުގައި މިހާބޮޑަށް އަގު މައްޗަށް ގޮސްފައިމިވަނީ މެދުއިރުމަތީގެ މަސްރަހު މިހާރު ހުރިގޮތުން ކަދުރު ލިބުން ދަތިވުވުމުންނެވެ. 
މާލޭ ބާޒާރުގައި މީގެ ކުރިން އެންމެ އަގު ބޮޑުވެގެންވެސް ރޯކަދުރު ކިލޯއެއް 300 ރުފިޔާއަށް ލިބެއެވެ. 
ދަތުރުފަތުރު ހުރިގޮތުން މިހާރު ރޯކަދުރު ވަރަށް ނުލިބޭ. ލިބުނު ނަމަވެސް އަވައްޓެރި ހިސާބުތަކުން އަގުތައްވެސް ބޮޑު. އާއްމުކޮށް ދުބާއީމަގުން މީގެ ކުރިްނ ފަސޭހައިން ގެނެވޭތީ މީގެ ކުރިން ކިލޯއެއް 120 ރުފިޔާއަށްވެސް ވިއްކޭ
ބާޒާރުމަތީ ފިހާރައަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ
ރޯ ކަދުރުގެ އިތުރުން މާލޭ ބާޒާރުގައި މިހާރު އެންމެ އަގުބޮޑު އެކެއްޗަކީ ކަރައެވެ. ރޯދަމަސް ނިމުމާއެކުހެން ބާޒާރުން ރާއްޖޭގައި ހައްދާ ކަރާ މުޅިންހެން ހުސްވެފައިވާއިރު، ދަތުރުވެރިންގެ މާރުކޭޓުގައި މިހާރު މުޅިންހެން ހުރީ އިންޑިއާ ކަރައެވެ. އިންޑިއާ ކަރާ ކިލޯއެއްގެ އަގު 30 ރުފިޔާގައި އުޅޭއިރު، އާއްމު ގޮތެއްގައި މީގެ ކުރިން އެންމެ އަގުބޮޑުވެގެންވެސް އިންޑިއާ ކަރާ ކިލޯއެއް 22 ރުފިޔާއަށް ލިބެން ހުރެއެވެ.
ބާޒާރަށް ބަލާއިރު މިހާރު އެންމެ އަގު ހެޔޮވެފައިވަނީ ލުނބޯ އެވެ. ރޯދަމަހު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު ހުރީ 60 ރުފިޔާ އާއި 85 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް މިހާރު ލުބޯ ކިލޯއެއް 40 ރުފިޔާއަށް ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ