ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން ފަރުމާކޮށްފައިވާ މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ، ރޯދަމަހަށް ހާއްސަކޮށް ކަސްޓަމަރުންނަށް ބޭނުންތެރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މި ޕްރޮމޯޝަންގެ ފުރަތަމަ ހަފުތާގެ ހަރަކާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް ރެޑްވޭވްގެ 5،000ރ.ގެ ޝޮޕިން ވައުޗަރު ވަނީ ހަދިޔާކޮށްފަ އެވެ.
ތަފްސީލް - ފުރަތަމަ ހަފުތާގެ ނަސީބުވެރިންނަކީ:
20 ޖެނުއަރީ - ޒާހިރާ އަލީ
21 ޖެނުއަރީ - ފާތިމަތު ލީނާ
22 ޖެނުއަރީ - މުހައްމަދު ޝިމާލް ނާޒިމް
23 ޖެނުއަރީ - އާމިނަތު އިނާޝާ އަނީސް
24 ޖެނުއަރީ - މުހައްމަދު ފައިޝާން ފައިސަލް
25 ޖެނުއަރީ - އަޒްރަފް މުހައްމަދު
26 ޖެނުއަރީ - އިބްރާހީމް ރަޝީދު
މި ޕްރޮމޯޝަނުގެ ދަށުން ޖުމްލަ 21 ނަސީބުވެރި ފަރާތަކަށް 5000ރ.ގެ ވައުޗަރު ހޯދުމުގެ ފުރުސަތު ލިބެ އެވެ. މިއީ ރާއްޖޭގެ މަގުބޫލު ފިހާރަތަކާއި އެއާލައިންތަކުން ވިޔަފާރި ކުރެވޭނެ ވައުޗަރުތަކެކެވެ.
މީގެ އިތުރުން، ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރި ފަރާތަކަށް، 1 މިނެޓުގެ ތެރޭގައި ހިލޭ ބާޒާރުކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ:
50ރ. އިން ފެށިގެން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް
އެޑް-އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް
ބޫސްޓަރެއް އެކްޓިވޭޓްކުރާ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް
'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ފަރާތްތަކަށް
ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް
ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ވެލިއު އެޑެޑް ސާވިސްއަކަށް ސަބްސްކްރިޕްޝަނެއް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް
މި ޕްރޮމޯޝަނުގައި މި މަހު 9ގެ ނިޔަލަށް ދިރާގުއެޕް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ. އެންރޯލް ކުރާ ހިސާބުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ކަސްޓަމަރަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
ދިރާގު ރޯދަ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައިފި؛ އިނާމަކީ ރެޑްވޭވްގެ 5،000ރ.ގެ ވައުޗަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ