ސަރުކާރާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދިވެހި ކުންފުނިތައް މެދުވެރިކޮށް ހިންގާފައިވާ އެކިއެކި މަޝްރޫއުތަކަށް، މިދިޔަ ނޮވެމްބަރުމަހުން ފެށިގެން 26 އެޕްރީލްއާއި ހަމައަށް 3.3 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، އިގްތިސާދު ރަނގަޅު ކުރަމުން ދަރަނިތައް ދައްކަމުންދާ ކަމަށާއި، މީގެ ތެރޭގައި އެތެރޭގެ ދަރަނިތައްވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ސަރުކާރުން އެކި މީހުން ލައްވާ މަސައްކަތް ކުރުވާފައި ދޭން ހުރި ފައިސާވެސް ދައްކަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"1 ނޮވެމްބަރުން 2025 އިން 26 އޭޕްރިލް އާ ހަމައަށް މިދިޔަ މުއްދަތު، ގާތްގަނޑަކަށް މިދިޔަ ހަ މަސް ދުވަހު، އެކި އެކި ދިވެހި ފަރާތްތަކަށް ލޯކަލް ވެންޑަރުންނަށް 3.3 ބިލިއަން ރުފިޔާ އެބަ ހުރި ޕޭކޮށްފައި". ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، 21 ދުވަސް ތެރޭގައި 924 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށާއި، މިގޮތުން އޭޕްރިލް ދޭއްގައި 524 މިލިއަން ޑޮލަރުގެ ސްކޫކް ދެއްކިއިރު، 23 އޭޕްރިލްގައި އިންޑިއާގެ ސްވެޕްގެ 400 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ނޮވެމްބަރުން ފެށިގެން ދިވެހި ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ