ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ފަށަން ތައްޔާރުވެއްޖެ

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ބޭނުންވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު)އަށް ދެ ގައުމުން އެއްބަސްވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިންޑިއާގެ ކޮމާސް މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި، މި ޓީއޯއާރުގެ ސަބަބުން މަޝްވަރާތައް ކުރިއަށްދާނެ ދާއިރާތަކާއި އޮނިގަނޑާއި އުސޫލުތައް ކަނޑައެޅި، ރަސްމީ ވާހަކަތަކަށް މަގުފަހިވެގެންދާނެ އެވެ.
ތަފްސީލް - އާންމު ގޮތެއްގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ގިނަ ބާވަތްތަކެއްގެ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުން ނުވަތަ އުނިކުރުން ހިމެނެ އެވެ. މީގެ އިތުރުން، ހިދުމަތްތަކުގެ ވިޔަފާރި ފަސޭހަކުރުމާއި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް ފިޔަވަޅުތައް އެޅިގެންދާނެ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރު:
އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރި މިންވަރު %37.11 ދަށްވެ، 56.88 މިލިއަން ޑޮލަރަށް އެރި 
ރާއްޖެއިން އިންޑިއާއަށް އިމްޕޯޓްކުރި މިންވަރު %37.14 އިތުރުވެ، 118.82 މިލިއަން ޑޮލަރަށް އެރި 
މި ކުރިއެރުން އައިސްފައިވަނީ އިނގިރޭސިވިލާތް، އޮމާން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ނިއު ޒީލެންޑް ފަދަ ގައުމުތަކާ އެކު އިންޑިއާއިން ވިޔަފާރީގެ އެއްބަސްވުންތައް ފުޅާކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެނގުން މުހިންމު - ރާއްޖޭން ވަނީ އިންޑިއާއާ ވާދަވެރި ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލައި އަމަލުކުރަން ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ