ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ފުރަތަމަ ފަހަރަށް ބޭއްވި ރާއްޖެ ސުޕާ ލީގުގެ ޗެމްޕިއަންކަން ލ. މާބައިދޫއިން ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން މާބައިދޫއިން ހޯދީ، ލ. ގަމުގެ މައްޗަށް ފައިނަލް މެޗުގައި 2-3 ސެޓުން ކުރިހޯދައިގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު 21-25 އިން ކާމިޔާބުކުރީ ގަމުންނެވެ. ނަމަވެސް ވާދަވެރި ކުޅުމަކަށްފަހު 2 ވަނަ ސެޓު 17-25 އިން ގެންދިޔައީ މާބައިދޫއިންނެވެ. މެޗުގެ ތިންވަނަ ސެޓު، ގަމުން ކާމިޔާބުކުރީ 20-25 އިންނެވެ. އެއްށަފަހު މެޗުގެ ހަތަރުވަނަ ސެޓުގައި ގަމުން ބޮޑު ލީޑެއްގައި އޮއްވައި ފަހަތުން އަރައި މާބައިދޫއިން ކާމިޔާބުކުރީ 24-26 އިންނެވެ. މިއާއެކު ޖެހުނީ ނަތީޖާ ނެރުމަށް ޓައިބްރޭކާ ސެޓެއް ކުޅޭށެވެ. މި ސެޓުގައިވެސް ވާދަވެރި ކުޅުމެއް ކުޅުމަށްފަހު މި ސެޓު މާބައިދޫއިން ގެންދިޔައީ 10-15 އިންނެވެ.
މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާބައިދޫގެ އައިމިނަތު އަރީޝާއެވެ.
އައިމިނަތު އަރީޝާ-- ފޮޓޯ/ އެސްއެސްޓީވީ
މުބާރާތުގެ ޗެމްޕިއަންކަން މާބައިދޫއިން އަދި ރަނަރަޕްކަން ގަމުން ހޯދިއިރު ތިންވަނަ މަގާމު ހޯދީ ހުރާއެވެ. ހަތަރުވަނަ ލިބުނީ ށ. ފުނަދޫއަށެވެ.
މި މުބާރާތުގައި ބައިވެރިވެފައިވަނީ 8 ޓީމެވެ. އެއީ ލ.ގަން، ށ. ފުނަދޫ، ކ.މާފުށި އަދި އައްޑޫ ސިޓީގެ އިތުރުން ލ.މާބައިދޫ، ކ. ހުރާ، ދ. މާއެނބޫދޫ އަދި މާލޭ ސިޓީއެވެ.
ރާއްޖެ ސުޕާ ލީގުގެ ޗެމްޕިއަން އަކަށް މާބައިދޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ