ރ. ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު އިގްބާލް، ރ. އަލިފުށި ކައިރިން މިއަދު ހެނދުނު ފެނިއްޖެއެވެ. އޭނާ ގެއްލިގެން ފުލުހުން ރޭގެ ވަގުތެއްގައި އިއުލާނުކޮށްފައިވާއިރު، އޭނާ ފެނިފައިވަނީ މިއަދު ހެނދުނު 6:53 ހާއިރު ކަމަށް ފުލުހުންގެ އޮފީހުން ބުންޏެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، އިގްބާލް ފެނުނީ އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓުމުގެ ސަބަބުން އަލިފުށި ކައިރީގައި އޮންނަ ބޮއެއްގައި ޑިންގީ އައްސައިގެން އޮއްވައެވެ. އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ވާދޫން ނުކުތް ރައްޔިތުންގެ ޓީމަކަށެވެ. ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އިގްބާލް ހޯދުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އެކި ގޮތްގޮތުން މި މަސައްކަތުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
ހިޔާ ފްލެޓެއްގެ ތެރޭގައި ފުލުހަކަށް ހަމަލާދިން މައްސަލަ ތަހުގީގު ކުރަން ފަށައިފި ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 5 ބިދޭސީން މަރުވެއްޖެ އޭއޯ ރޯދައިގެ ބަދިގެ : ޑޭޓް މިލްކް ޝޭކް ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ