އައްޑޫގައި ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި، ޕެޓްރޯލް ލީޓަރެއް 24 ރުފިޔާއަށް

އައްޑޫ ސިޓީގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު މިއަދު ބޮޑުކޮށްފިއެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި، ހެނދުނުން ފެށިގެން އެ ސިޓީގައި ޕެޓްރޯލް ލީޓަރެއް ލިބެނީ، 24.22 ރުފިޔާއަށެވެ. ނަމަވެސް، މީގެކުރިން ޕެޓްރޯލް ލީޓަރެއް އައްޑޫގައި 18.56 ރުފިޔާ ލިބެއެވެ. އޭގެއިތުރަށް، ޑީސަލް ލީޓަރެއް ވިއްކާ އަގު ވެސް އެ ސިޓީގައި ވަނީ 31.34 ރުފިޔާއަށް ބޮޑުކޮށްފައެވެ. ކުރިން ޑީސަލް ލީޓަރެއް ދިޔައީ 19.77 ރުފިޔާއަށް ވިއްކަމުންނެވެ. އައްޑޫގައި ޕެޓްރޯލްގެ އަގު އުފުލުނުއިރު، މިދިޔަ ފެބްރުވަރީ މަހު އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ފެށި ހަނގުރާމައާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ތެލުގެ ސަޕްލައިއަށް ބުރޫއަރައި، އަގުތައް ވަނީ އުފުލިފައެވެ. މީހަކު ޕެޓްރޯލް އަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެހެންވެ، ދުނިޔޭގެ 85އަށް ވުރެ ގިނަ ގައުމުތަކުގައި ތެލުގެ އަގު ބޮޑުވިއިރު، ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ދިހަ ގައުމުގެ ތެރޭ ރާއްޖެ ހިމެނެއެވެ. މި ދަނޑިވަޅުގައި އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ އެފްއެސްއެމުން ވަނީ، އެ ކުންފުނިން ވިއްކާ ތެލުގެ އަގު 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައެވެ. އެގޮތުން ބައެއް ރަށްރަށުގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުވެފައެވެ. https://sun.mv/219563 އެސްޓީއޯއިން ބުނީ، ރާއްޖެއަށް އެތެރެކުރާ ތެލުގެ ދަތިކަން މިވަގުތަށް ނެތް ކަމަށެވެ. ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިޔަސް ތެލުގެ އައު ޝިޕްމަންޓެއް ލިބިފައިވާ ކަމަށާއި، އިތުރު ޝިޕްމަންޓެއް ރާއްޖެ އައުމުގެ މަގުމަތީގައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް ސަރުކާރުން ވަނީ އެދިފައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ