ރާއްޖެއާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން މޮރިޝަސް އިން ކަނޑާލައިފި ރާއްޖެއާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން މޮރިޝަސް އިން ކަނޑާލައިފި

މޮރިޝަސް އިން ރާއްޖެއާ ޑިޕްލޮމެޓިކް ގުޅުންތައް މިއަދުން ފެށިގެން ކަނޑާލައިފި އެވެ.
ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ކަނޑާލުމުން ދެ ގައުމުގެ މެދުގައި ރަސްމީ އެއްވެސް ގުޅުމެއް ނޯންނާނެ އެވެ. މިއީ މި ފަހުގެ ތާރީހެއްގައި ރާއްޖެއާ ގުޅުން ކަނޑައިލި ފުރަތަމަ ގައުމެވެ.
ރާއްޖެއާއެކު އޮތް ގުޅުން ކަނޑާލަން މޮރިޝަސް އިން ނިންމީ، ޗާގޯސްގެ ސިޔާދަތީ ބާރު އެ ގައުމަށް އޮތް ކަމަށް ރާއްޖެއިން ގަބޫލު ނުކުރާތީ އާއި މޮރިޝަސްއާ ޗާގޯސް ހަވާލު ކުރަން އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން ދެކޮޅު ހަދާތީ އެވެ.
ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ކަނޑާލަން މޮރިޝަސް އިން ނިންމީ އެ ގައުމުގެ ރައީސް ދަރަމްބީރު ގޮކޫލް ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގަ އެވެ. އެ ނިންމުން ވަނީ މިހާރު އާންމުކޮށްފަ އެވެ.
މޮރިޝަސްގެ ސަރުކާރުން އެ ގައުމުގެ އިދާރާތަކަށް ފޮނުވި އަދަދު އަށް ލިބިފައިވާ އެތެރޭގެ ސާކިއުލާއެއްގައި ބުނެފައި ވަނީ ހާރިޖީ ގުޅުން ކަނޑާލިކަން މިހާރު ރާއްޖެއަށް ވެސް އަށް ވެސް އަންގާފައިވާނެ ކަމަށެވެ.
ތަފުސީލު އަންނަނީ ----
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ