ތ.ގާދިއްފުށީ ބިން ހިއްކުމުގެގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްއޭސީއެލުން މިއަދު ބުނީ ތ ގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހުނު 11 ހެކްޓަރުގެ ބިން ހިއްކާ މިހާރު ނިމިފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްސީއެލުން ފެށީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މިއާއިއެކު މި މަޝްރޫއުއަށް ޖުމުލަ ހޭދަވެފައިވަނީ 8 ދުވަހެވެ.
ގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫއުއަށް އެމްއޭސީއެލުން ބޭނުންކޮށްފައިވަނީ 11،500 ކިއުބިކްމީޓަރުގެ ކެޕޭސިޓީގެ ޑްރެޖަރެއް ކަމަށްވާ ފިލިޕޯ ބްރޫނެލެސްޗީ އެވެ.
ގާދިއްފުށްޓަކައި ބިން އިތުރުކޮށްދީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ އެމަނިކުފާނު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެރަށަށް ކުރެއްވި ދަތުރުފުޅުފައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައެވެ. މި މަޝްރޫޢަކީ ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތެކެވެ.
ގާދިއްފުށީ ބިން ހިއްކުން އެމްއޭސީއެލުން ނިންމާލީ އެންމެ 8 ދުވަހުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ