އެއީ ވަރަށް ލޯބިން އެކުގައި އުޅުނު ދެމީހުންނެވެ. ކައިވެނިކުރުންވެސް އޮތީ ވަރަށް ގާތުގައެވެ. ފިރިހެން ކުއްޖާ ބޭވަފާތެރިވާކަން އަންހެން ކުއްޖާއަށް އެނގުމުންވެސް ބަހެއް ނުބުނެ މަޑުންހުއްޓައި އަންހެންކުއްޖާއަށް އޭނާގެ ޙަޤީޤަތް އެނގިއްޖެކަން އެނގުމުން ގޮސް ބުންޏެވެ.
"އަހުރެންނަށް ކުށެއް ކުރެވިއްޖެއެވެ. ޤަޞްދަކު ނޫނެވެ. އަހުރެންދެކެ ރުޅިއަންނާނަން ހެއްޔެވެ؟ މާފެއް ނުކުރާނަން ހެއްޔެވެ؟"
ޖަވާބުގައި އަންހެން ކުއްޖާ ބުންޏެވެ. "ރުޅިއެއް ނާންނަމެވެ. މާފުވެސް ކޮށްފީމެވެ." އެހިސާބުން ފިރިހެން ކުއްޖާ ސުވާލުކުރީ އޭނާއާއިއެކުގައި އުޅޭނަންތޯއާއި ކައިވެނިކުރާނަންތޯއެވެ. ޖަވާބުގައި އަންހެން ކުއްޖާ ބުނީ "އަހުރެން ކަލޭދެކެ ރުޅިނައީ އަދި މާފުކުރީ އަހުރެންގެ ސިކުނޑިއަށް ބުރަނުކުރާށެވެ! އެއިގެ މާނައަކީ އެންމެ ހިނދުކޮޅަކަށްވެސް ކަލެއާއިއެކުގައި އުޅުމެއް ނޫނެވެ. އެއްވެސް މީހަކު ލޯބިވާ މީހަކަށް ބޭވަފާތެރިއެއް ނުވާނެއެވެ. ހިތަކު ނުޖައްސުވާނެއެވެ. އެކަން ތިބާ ކޮށްފީމުއެވެ. އަހުރެން އެވާހަކަ ނުދައްކަން ހުއްޓައި އިޢްތިރާފް ތިއަވީ އަމިއްލައަށެވެ. އަވަހަށް މިތަނުންދާށެވެ. ދެން އަހުރެންނަށް ފެނިގެންވެސް ނުވާނެއެވެ!"
އަޅުގަނޑުވެސް ބުނާނީ ބޭވަފާތެރިވުމުން ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ. ބޭވަފާތެރިވާ ކޮންމެ ފިރިހެނަކަށްވެސް އަދި އަންހެނަކަށްވެސް ދޭން އޮތް އެންމެ ރަނގަޅު ޖަވާބަކީވެސް ހަމަ އެއީ ކަމަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
ލޯބިވެރިޔާ ބޭވަފާތެރިވުމުން ސްމާޓް އަންހެނަކު ދިން ޖަވާބު- އަގުހުރި ފިލާވަޅެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ