ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އޭނާގެ ހާޒިރުގައި މާލޭގެ ގެއެއް މިއަދު ބަލައި ފާސްކޮށްފި އެވެ.
ފުލުހުން މިއަދު ވަނީ ސަނީ ދިރިއުޅުނު ގެއަށް އޭނާ ގެނެސް އެ ގެ ބަލާ ފާސްކޮށްފަ އެވެ. ނަމަވެސް ގެ ބަލާ ފާސްކުރުމަށް ފަހު ތިރިއަށް ގެނައި ވަގުތު ބަޔަކު ވަނީ އޭނާއަށް ހަމަލާދޭން މަސައްކަތް ކޮށްފަ އެވެ. ފުލުހުންނަށް އެ ސަރަހައްދު ކޮންޓްރޯލް ކުރެވުނީ ކިރިޔާ އެވެ.
އެވަރުންވެސް ބައެއް ހަމަލާތައް ސަނީއަށް އަމާޒުވި އެވެ. އެ މީހުން ދިޔައީ އަޑުގަދަކޮށް ހަޅޭލަވަމުން ސަނީއަށް ހަމަލާދޭން މަަސައްކަތް ކުރަމުންނެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. ސަނީގެ މައްޗަށް ހިންގާ ތަހުގީގާއި ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
ސަނީ އުމަރުގެ ހާޒިރުގައި ގެ ބަލާ ފާސްކޮށްފި، ބަޔަކު އަރައިގަނެ ހަމަލާދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ