ޕީޖީއާ ސީޕީގެ ބައްދަލްވުމެއް؛ އޮތީ ދައުވާ ކުރުން އަވަސްކުރުމުގެ ތަސައްވުރެއް

މައްސަލަތަކުގެ ތަހުގީގު ނިމުމަށް ފަހު، ދައުވާކުރުން މިހާރަށް ވުރެ އަވަސް ކުރުމުގެ ތަސައްވުރު ގެންގުޅުއްވާ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ވިދާޅުވި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ޖަސްޓިސް (ރިޓަޔާޑް) އައްބާސް ޝަރީފު، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއާ ބައްދަލު ކުރައްވައިފި އެވެ. 
ދިވެހި ފުލުހުންގެ ހިދުމަތުގެ ހެޑްކުއާޓަރުގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ކޮމިޝަނާ އޮފް ފޮލިސް ވަނީ އައު ޕްރޮސިކިއުޓާ ޖެނެރަލަށް މަރުހަބާ ދަންނަވައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.އެ އޮފީހުން ބުނީ ޖިނާއީ ތަހުގީގުތައް މިހާރަށް ވުރެ އަވަސްކޮށް ކުރިއަށް ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވެދެއްވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެ ކަމަށް އައްބާސް ވިދާޅުވި ކަމަށެވެ. އަދި މައްސަލަތަކުގެ ތަހުގީގު ނިމުމަށް ފަހު، ދައުވާކުރުން މިހާރަށް ވުރެ އަވަސް ކުރުމުގެ ތަސައްވުރު ގެންގުޅުއްވާ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ވިދާޅުވި އެވެ.ދިވެހި ފުލުހުންގެ ހިދުމަތަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާ އެވެ. އެގޮތުން އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ 90 އިންސައްތައަށް ވުރެ ގިނަ މައްސަލަ އަކީ ފުލުހުން ތަހުގީގު ކޮށް ހުށަހަޅާ މައްސަލަތަކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ