އަންނަ ނޮވެމްބަރު މަހު ރާއްޖެގައި އޮންނަ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި އަމާޒަކީ މަދުވެގެން ފަސް ރަން މެޑެލް ހޯދުން ކަމަށް ގައުމީ ބޮޑީބިލްޑިން ޓީމުގެ ކޯޗު އަބްދުލް ހަސީބު ހުސެއިން ބުނެފިއެވެ.
މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 5-11 އަށް އައްޑޫ ސިޓީގެ ކެނެރީފް ރިސޯޓުގައެވެ. މުބާރާތް ރަސްމީކޮށް ލޯންޗުކުރުމަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ހޯމަ ދުވަހު ބޭއްވި ޚާއްސަ އިވެންޓުގައި ވާހަކަދައްކަމުން ހަސީބު ބުނީ އޭނާގެ ޓީމަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށާއި، މިއީ ބައިނަލްއުގަވާމީ އިވެންޓަކުން އެންމެ ގިނަ މެޑެލް ބޮޑީބިލިންޑްގައި ހޯދާ ފަހަރަށް ވެގެންދާނެ ކަމަށެވެ.
ހަސީބު ބުނީ ކޮންމެ ކުޅިވަރަކީވެސް އަޚްލާގު ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ހިމެނޭ ކުޅިވަރުތަކެއް ކަމަށާއީ، ބޮޑީބިލްޑިންގޭ ބުނުމުން މީހުންގެ ވިސްނުމާއި ފިކުރަށް އަންނަ ޚިޔާލުތައް ބަދަލުވާން ޖެހޭ ކަމަށެވެ. ހަމައެކަނި ޖިމްގައި ކުރާ މަސައްކަތުން ކުރިއަރައިގެން ދެވޭނެ ކުޅިވަރެއް ނޫންކަން ފާހަގަކުރަމުން ހަސީބު ބުނީ އެ ކުޅިވަރުގައި އެތުލީޓުން ބައްޓަން ގެންނަން 24 ގަޑިއިރުން 8 ގަޑިއިރު ކޮންމެ ދުވަހަކު ހޭދަކުރާ ކަމަށެވެ.
"އަޅުގަނޑާއި އަޅުގަނޑުގެ ޓީމުގެ ފުރިހަމަ އިތުބާރު އެބައޮތް. މި ފަހަރު އިރާދަކުރެއްވިޔާ މި ނިކުންނަނީ އިންޓަނޭޝަނަލް ބޮޑީބިލްޑިންގެ މުބާރާތެރްގައި އެންމެ ގިނަ މެޑެލް ހޯދުމަށް, އެކަމުގެ އަޒުމުގައި" ކޯޗި ހަސީބު ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން އަމާޒު ހިފާފައިވަނީ ފަސް ރަން މެޑެލް ހޯދުމަށް ކަމަށް ހަސީބު ވަނީ ބުނެފައެވެ. މިހާތަނަށް ބޭއްވި ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގެ 15 މުބާރަތުގެ ތެރެއިން 10 މުބާރާތެއްގައި ރާއްޖެއިން ވަނީ ދެ ރަން މެޑެއްޔާއި، ދެ ރިހި މެޑެލް އަދި އަށް ލޯ މެޑެލް ހޯދާފައެވެ.
ރާއްޖޭގައި ބާއްވާ މުބާރާތުގައި ޖުމްލަ 55 ގައުމަކުން 500 އަށްވުރެ އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވާނެ ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ވާދަކުރާ ކުޅިވަރު މުބާރާތެވެ.
އަމާޒަކީ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތުން ފަސް ރަން މެޑެލް ހޯދުން: ކޯޗު ހަސީބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ