ނަލަހިޔާ ރެޒިޑެންސްގެ ވައްކަމުގެ މައްސަލައިގައި ފަސްވަނަ މީހަކު ހައްޔަރުކޮށްފި

ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ފަސްވަނަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ހދ. ނޮޅިވަރަންފަރު/ ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު (47އ) ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށްވެސް ބުންޏެވެ.
މިދިޔަ މާރިޗު މަހުގެ 16 ވަނަ ދުވަހު ހުށަހެޅުނު މި ބޮޑު ވައްކަމުގެ މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެއީ:
މި މީހުންގެ ތެރެއިން އާސިފަކީ މީގެ ކުރިންވެސް ބޮޑެތި ކުށްތަކުގެ ރެކޯޑް އޮންނަ، އަދި 10 އަހަރުގެ ޖަލު ހުކުމެއްވެސް ކުރި މީހެކެވެ. މި މައްސަލައިގައި ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި ނަމަވެސް، ފުލުހުންނަށް މިހާތަނަށް އަދި ހޯދިފައިވަނީ އޭގެ ތެރެއިން 50،000 ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ