ކާށިދޫ ދާއިރާއިން ޖާބިރުއަށް ބޮޑު ތާއީދެއް އޮތުމުން އޭނާ މިގޮނޑި އެދާއިރާގެ %70 ތާއީދާއެކު ކާމިޔާބު ކުރާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތްކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖްލީހުގެ ކާށިދޫ ދާއިރާއަށް ޖުމްހޫރީ ޕާޓިން ކުރިމަތިލާފައިވާ އަބްދުﷲ ޖާބިރު ގެ ކެންޕެއިން ހަރަކާތްތައް ދާގޮތުން އޭނާ އަށް އެދާއިރާއިން ވަރަށް ބޮޑު ތާއީދެއް އެބައޮތް ކަމަށެވެ.
ކާށިދޫ އަދި ގާފަރުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތާއިދެއް ލިބެމުންދާއިރު ޖާބިރު ދަނީ އެދާއިރާއަށް ގިނަގުނަ އެހީތައްވަމުން ކަމަށް ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
“ސިއްޙީ ހާލަތު މަތިކުރުމަށް، ކާށިދޫއާއި ގާފަރުގެ ސިއްޙީ މަރުކަޒަށް އެހީ ވަމުންދާއިރު ދަޑުވެރިންނަށާއި މަސްވެރިންނަށްވެސް ޖާބިރުދަނީ އެހީވަމުންނެވެ” ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ޒުވާނުންނަށް ދިމާވެފަހުރި ދަތިތަކާއި އަންހެނުންގެ ތަރައްގީއަށް ދިމަވެފަހުރި ދަތިތައް ހައްލު ކުރުމަށް ޖާބިރު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށާއި ޖާބިރު އެދާއިރާއަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން އެދެރަށުގެ ރައްޔިތުންގެ ފަރާތުން ޖާބިރުއަށް ބޮޑު ތާއީއެއް އެބައޮތް ކަމަށްވެސް ޖުމްހޫރި ޕާޓީން ބުނެއެވެ.
ކާށިދޫ ދާއިރާގެ ގޮނޑި ޖާބިރު %70 އާއެކު ކާމިޔާބު ކުރާނެ – ޖުމްހޫރީ ޕާޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ