ގަވިންގެ އާ ފިހާރައެއް ބާޒާރުމަތީގައި ހުޅުވައިފި

ގަވިންގެ އާ ފިހާރައެއް މާލޭ ބޮޑުތަކުރުފާނު މަގުގައި މިއަދު ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - ގޭތެރޭގެ އިންޓީރިއާގެ މަސައްކަތްތަކަށް މަގުބޫލުކަން ހޯދާފައިވާ ގަވިން އިން ހުޅުވި 'ބާޒާރު ގަވިން' ފިހާރަ ހުޅުވައިދެއްވީ:
ގަވިންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގާސިމް 
ދިވެހި އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް
ތަފްސީލް - މި ފިހާރައާ އެކު، ގަވިން އިން ރާއްޖޭގެ ރަށްރަށަށް މުދާ ޑެލިވަރީ ކުރުމުގައި ބޮޑު ފަސޭހައެއް ލިބޭނެ އެވެ. ބާޒާރުމަތީގައި ފުޅުވި ފިހާރައެއްކަމުން ބޯޓުފަހަރާއި ހަމައަށް ފަސޭހަކަމާ އެކު މުދާ ގެންގޮސް ހިދުމަތަށް އިތުރު އަވަސްކަމެއް އަންނާނެ އެވެ.
 އާ ފިހާރަ ހުޅުވުމުގެ އެއް މަގުސަދަކީ ރަށްރަށަށް ކުރަމުން އަންނަ ޑެލިވަރީ އާއި ހިދުމަތްތައް އިތުރަށް ފުޅާ ކުރުން ކަމަށް ގަވިން އިން ބުންޏެވެ.
ބާޒާރު ގަވިން އިން، ގަވިންގެ އެހެން ފިހާރަތަލުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ. އޭގެ ތެރޭގައި:
ކަސްޓަމައިޒްޑް ފަރުނީޗަރު
ބަދިގެ އަދި ގޭތެރޭގެ އިންޓީރިއާ އަށް ބޭނުންވާ ވޯލް ޕެނަލް
ގްރެނައިޓް
ފިލާ
ހާޑްވެއާ ސާމާނު
އުނދުނާއި ހުޑް
މައިކްރޯވޭވް
ގަވިން އިން ބުނީ އަބަދު ވެސް އިސްކަން ދެނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
ބާޒާރު ގަވިން ހުންނާނީ ކަސްޓަމްސް ކައިރިން، މ. އަރީކާގެ އެންމެ ތިރީ ބުރީގަ އެވެ.
ގަވިންގެ އިތުރު ޝޯރޫމް މާލެ އާއި ހުޅުމާލޭގައި ހުރެ އެވެ. އެގޮތުން:
މާލޭގައި ޝޯރޫމް ހުންނަނީ ކުރީގެ ސްޓާ ސިނަމާ ކުރިމަތި އަދި މިހާރުގެ ސްޓާ ކްލައުޑް ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. އިހާލީގައި؛ އެ ފިހާރައަށް 9588833 އިން ގުޅޭނެ 
ހުޅުމާލޭގައި ޝޯރޫމް ހުންނަނީ ރީތިގަސް މަގުގައި؛ 9588899 އިން ގުޅޭނެ 
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9 އިން ރޭގަނޑު 10އަށް ޝޯރޫމް ހުޅުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ