ނޭޕާލް ޖެން ޒީ މުޒާހަރާ: މިއަދުގެ މިހާތަނަށް 2 މަރު، ޖުމުލަ އަދަދު 21 އަށް!

ނޭޕާލްގެ ޒުވާނުން އެގައުމުގެ ސަރުކާރާއި ދެކޮޅަށް ކުރަމުން އަންނަ ވަރުގަދަ މުޒާހަރާ ހޫނުވެ ސަލާމަތީ ބާރުތަކާއިއެކު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް އިތުރު 2 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ނޭޕާލްގެ ސިވިލް ސާވިސް ހޮސްޕިޓަލުގެ އެގްޒެކެޓިވް ޑިރެކްޓަރު މޯހަން ރެގްމީ އާއި ހަވާލާދީ ބީބީސީއިން ރިޕޯޓުކުރާ ގޮތުގައި މިއަދުގެ ހަމަނުޖެހުންތަކުގައި މިހާތަނަށް 2 މީހަކު މަރުވެފައިވާއިރު 90 އަށްވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.
މި މުޒާހަރާގައި އިއްޔެ 19 މީހަކު މަރުވި އިރު މިއަދު މަރުވި ދެ މީހުންނާއިއެކު މުޒާހަރާގައި މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ 21 އަށް އަރާފައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ