ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލުވަނީ ތިމާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގަ އުފުލާލަން އެންމެ ފަސޭހައިން ކުރެވެން އޮތް ޢަމަލަށް!: މުފްތީ މެންކް

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ އެމީހެއްގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލި މަތިވެރިވެގެންވުމަށެވެ. އެއިރުން އެމީހަކު ސުވަރުގެ ވައްދަވާނެތީއެވެ. އަދި ސުވަރުގެއިން އެންމެ މަތީ ދަރަޖަތަކަށްވެސް ވާޞިލްވެވޭނެތީއެވެ.  
އެކަމަށް ކުރަންހުރި ޢަމަލުތަކުގެ ތެރެއިން ކުރަން އޮތް އެންމެ ފަސޭހަ އެއް ޢަމަލަކީ އަސްތަޣްފާރުކުރުން ގިނަކުރުމެވެ. އަސްތަޣްފާރުކުރުމަކީ ފާފަ ފުއްސަވައި ދެއްވެވުން އެދި ދެންނެވުމެވެ.  
މިހެން ބުނާއިރަށް އެއްބައަކު ބުނަނީ ތިމާމެން އެއްވެސް ފާފައެއް ނުކުރާ ކަމަށެވެ. އެއީ އެމީހުންނަށް ވިސްނޭ ގޮތެވެ. ކޮންމެ ދުވަހެއް ނިމިގެންދާއިރު ކޮންމެ މީހަކަށްވެސް ހުންނާނީ އެތައް ބައިވަރު ފާފަތަކެއް ކުރެވިފައެވެ. އެންމެ ގިނަވާނީ ވިސްނައިވެސް ނުލެވި ކުރެވޭ ފާފަތަކެވެ.  
ފާފައެއް ނުކުރެވުނަސް މައްސަލައެއް ނެތެވެ. އަސްތަޣްފާރުކުރުން ގިނަކުޜާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ ދުވާލަކު މަދުވެގެން 70 – 100 ފަހަރު އަސްތަޣްފާރުކުރެއްވެވީ ފާފަކުރައްވަވާތީއެއް ނޫނެވެ. އަދި ކުރެއްވެވޭނެ ފާފަތަކަށްވެސް ﷲ ތަޢާލާ ޢަފޫކުރައްވަވާފައިވަނިކޮށެވެ.  
އަސްތަޣްފާރުކުރުން ގިނަކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ ނުވަތަ އެކަމުން ކުރާނެ އެންމެ ބޮޑު ފައިދާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ މަތިވެރިކުރެއްވެވުމެވެ. ވީމާ ބަލަންވީ ތިމާއަށް ފާފަކުރެވޭތޯ ނުވަތަ ނުކުރެވޭތޯއެއް ނޫނެވެ. ތިމާގެ ދަރަޖަ މަތިވެރިވުމަށެވެ. ސުވަރުގެ ވަދެވި ސުވަރުގޭގެ އެންމެ މަތީދަރަޖަތަކަށް ވާޞިލުވުމަށްޓަކައެވެ.
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ