ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލިގެން ހޯދަނީ

100 ފޫޓުގެ ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހުން ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ އެ ލޭންޑިން ކްރާފްޓް ބަންޑުންޖަހާލައިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މެރިން ޕޮލިސްއިން މައުލޫމާތު ދެއްވި ގޮތުގައި، ލޭންޑިން ކްރާފްޓް ބަނޑުން ޖަހާލާފައިވަނީ އައިލަފުށި ރިސޯޓާ އެއް މޭލު ދުރުން ދަތުރުކުރަމުންދަނިކޮށް މިއަދު ފަތިހު 3:48 ގައެވެ. މި ހާދިސާގައި އުޅަނދުގައި ތިބި ހަތް މީހުންގެ ތެރެއިން ހަތަރު މީހުން ވަނީ ސަލާމަތްކުރެވިފައެވެ.
މެރިން ޕޮލިސްއިން މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ޕޮލިސް އަދި ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ސަލާމަތްކުރެވުނު ހަތަރު މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ގެއްލިފައިވާ ތިން މީހުން ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.
މެރިން ޕޮލިސް އަދި ކޯސްޓްގާޑު މިވަގުތު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ