ބަހަނާ ނުދައްކާ އިހުލާސްތެރި ކަމެއް ހުރިނަމަ މިހާރުން މިހާރަށް ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރ މުހައްމަދު އައްބާސް ގޮވާލައްވައިފިއެވެ.
ރައްޔިތުންނާއި ގައުމަށް އެންމެ ރަނގަޅުވާނެ ގޮތަކީ އިތުރު ބަހަނާއާއި މޮޅު ވާހަކަ ނުދައްކާ ރައީސް މުއިއްޒު އިސްތިއުފާ ދިނުން ކަމަށް އައްބާސް ވިދާޅުވިއެވެ.
ވިޔަފާރި ބަނދަރުން 2 ކޮންޓޭނަރ ސިނގިރެޓް ގެއްލުނު މައްސަލައާއި ގުޅިގެން ބަނދަރުގެ ސެކިއުރިޓީ ވަރުގަދަކުރާ ވާހަކަ ރައީސް މުއިއްޒު ދެއްކެވުމުން އެވާހަކައަށް ރައްދު ދެއްވާ މުހައްމަދު އައްބާސް ކުރެއްވި އެކްސް ޕޯސްޓްގައި އިތުރަށް ވިދާޅުވީ ވިޔަފާރި ބަނދަރުގެ ސެކިއުރިޓީ ވަރުގަދަ ކުރަން އިތުރަށް އަޅާނެ ފިޔަވަޅެއް ނުހުންނަނެ ކަމަށެވެ.
ވިޔަފާރި ބަނދަރުގގައި މިހާރުވެސް ހުރީ ދުނިޔޭގެ އެންމެ ބޮޑަށް ކުރި އަރާފައިވާ ގައުމުތަކުގައި ވެސް ހުންނަ ފަދަ ސެކިއުރޓީ ސިސްޓަމެއް ކަން މެންބަރ އައްބާސް ފާހަގަ ކުރައްވައެވެ.
ބޮޑެތި ކޮންޓޭނަރ ގެއްލޭ ހިސާބަށް ބަނދަރުގެ ސަލާމަތީ ކަންކަން ގޮސްފައި ވަނީ ރައީސް މުއިއްޒުގެ އިހުމާލުން ކަމަށް އައްބާސް ވިދާޅުވިއެވެ.
މުއިއްޒު ބަހަނާ ނުދައްކާ އިސްތިއުފާދީ: މެންބަރ އައްބާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ