ސުޕްރީމް ކޯޓުން ރައީސްގެ ޕޯސްޓު ރިޕޯސްޓުކުރުން: "މިއީ ނަޒާހަތްތެރިކަން ބަލިކަށިވާ ކަންކަން"

ޝަރުއީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން މިހާރު ޚަރަދުކުރާ ވަރަށް ވުރެ އިތުރަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން އެކަމަށް މަރުހަބާ ކިޔައި ސުޕްރީމް ކޯޓުން, ރައީސްގެ ޕޯސްޓު ރީޕޯސްޓްކުރުމާ ގުޅިގެން، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ސުޕްރީމް ކޯޓުން ވަނީ ރައީސް 'އެކްސް'ގައި ލިޔުއްވި ޕޯސްޓު، ކޯޓްކޮށް ރިޕޯސްޓުކޮށްފައެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ހުސްނުއްސޫދު ވިދާޅުވީ، އަދުލު އިންސާފުގެ ބާރުގެ އެންމެ މަތީ ކޯޓުން ސޯޝަލް މީޑިއާގައި އެގޮތަށް ރައީސުލްޖުމްހޫރިއްޔާ މުއާމަލާތްކުރުމަކީ، ރަސްމީ އުސޫލާއި، ހަމަތަކާ ވަރަށް ބޮޑަށް ޚިލާފު، ކުރަން ނުވާވަރުގެ ކަމެއް ކަމަށެވެ. https://x.com/husnusuood/status/1966158078568767591 ހުސްނުއްސުއޫދު ވިދާޅުވީ އަދުލު އިންސާފުގެ ބާރުގެ، ކޯޓުތަކުން މުއާމަލާތްކުރަން ވާނީ އެކަމަށް ޚާއްސަކޮށް ހުންނަ އެކި މަގުތަކުން ކަމެވެ. އެ ނޫން ގޮތް ގޮތަށް، ނުވަަތަ ސޯޝަލް މީޑިއާގައި މުއާމަލާތުކުރުމަކީ ޝަރުއީ ދާއިރާގެ ނަޒާހާތްތެރިކަން ބަލިކަށިވުމުގެ ފުރުސަތު ބޮޑުވާ ކަމެއް ކަމަށް ހުސްނުއްސުއޫދު ވިދާޅުވިއެވެ. އާންމު އުސޫލެއްގެ މަތިން، ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުން ވެސް މުއާމަލާތު ކުރުމުގެ ވަކި ހަމަތަކެއް އިސްކުރަން ޖެހެއެވެ. އަދި ކޯޓުތަކުގައި ވެސް އާންމުންނަށް މައުލޫމާތު ދިނުން ފަދަ ކަންކަމުގައި ހަރުދަނާ، އުސޫލުތަކެއް ގެންގުޅެއެވެ. https://sun.mv/211184 ކޯޓުތަކުން އާންމުކޮށް މުއާމަލާތްތައް ކުރަނީ ރަސްމީ ވެބްސައިޓުތަކުގައި މައުލޫމާތު ހާމަކޮށްގެންނާއި، ރަސްމީ އެކައުންޓުތަކުގައި ރަސްމީ ބަޔާންތަކުގެ ސިފައިގައި މައުލޫމާތު ފޯރުކޮށްގެންނެވެ. އަދި ކޯޓުތަކުގައި އެކަމަށް ޚާއްސަ ސްޕޯކްސްޕާސަނުން ވެސް ތިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ