އަންނަ މަހުން ފެށިގެން އީޒަޕް ހިދުމަތުގައި އެމް-ފައިސާ ބޭނުންކުރެވޭނެ
އީޒެޕުގެ ހުރިހާ ޚިދުމަތެއް އެމްފައިސާ މެދުވެރިކޮށް ދޭ ގޮތަށް އުރީދޫއާއެކު ޕާޓްނަރޝިޕެއް ހަދައިފި އެވެ.އުރީދޫ ފިންޓެކް މޯލްޑިވްސްއިން އީޒްއެޕާއެކު މިއަދު ސޮއިކުރި ޕާޓްނާޝިޕްގެ ދަށުން އެ އެޕަށް އެމްފައިސާ މެދުވެރިކޮށް އަންނަ މަހުން ފެށިގެން ފައިސާ ދެއްކޭނެ އެވެ. އީޒްއެޕަކީ ކާބޯތަކެއްޗާއި ޓެކްސީ އާއި އެކި ހިދުމަތްތައް ދޭ ސާވިސް ޕްރޮވައިޑަރުން ގުޅުވައިދޭ މޮބައިލް އެޕެކެވެ.އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވީ އެ ކުންފުނީގެ ތަސައްވުރަކީ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، އީޒަޕްއާ އެކު ޕާޓްނަޝިޕް ހެދުމަކީ އެމް-ފައިސާ މެދުވެރިކޮށް އަވަސް، ރައްކާތެރި އަދި އިތުބާރު ހިފޭ ޑިޖިޓަލް މުއާމަލާތްތައް ގިނަ ބަޔަކަށް ފޯރުކޮށްދިނުންކަން އޭނާ ފާހަގަކުރެއްވި އވެ."މި އެއްބަސްވުމަކީ އީޖާދީ އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް ސްމާޓް، ކަނެކްޓެޑް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ބޮޅެއް،" ނިޔާޒް ވިދާޅުވި އެވެމި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އީޒެޕުގެ ސީއީއޯ އަދި ސީ.އެފް.އޯ ޢަބްދުﷲ މިއުވާން ޝަރީފް ވިދާޅުވީ، މި ޕާޓްނަރޝިޕްގެ ސަބަބުން އާންމުކޮށް ބޭނުންކުރާ ހުރިހާ ސާމާނެއް އެމްފައިސާ މެދުވެރިކޮށް ބަލައިގަނެވޭނެ ކަމަށެވެ.އުރީދޫ ފިންޓެކްއިން ބުނީ އެ ޕާޓްނާޝިޕަކީ އެ ކުންފުނިން ކޭޝްލެސް މުސްތަގްބަލެއް ބިނާކުރަން އެކި ފަރާތްތަކާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި އުރީދޫގެ ޑިޖިޓަލް ވޮލެޓް ކަމަށްވާ އެމްފައިސާ މެދުވެރިކޮށް ރައްކާތެރިކަމާއެކު މުއާމަލާތް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މިހާރުވެސް ބައެއް ކެފޭ، ގެސްޓްހައުސް އަދި ބައެއް ފިހާރަތަކަށްވެސް ފައިސާ ދެއްކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ