މި ވެރިކަމުގަ ޑުރަގާ ގޭންގު ކުށުން ސަލާމަތް ކޮށްދޭނެ ކަމަށް އުންމީދު ކުރަން: އުމަރު

އުމަރަކީ ޑުރަގާއި ގޭންގު ތަކާ ދެކޮޅަށް އަބަދު އަޑު އުފުއްލަވާ އަދި އެފަދަ ކަންކަމާބެހޭ ގޮތުން މިހާތަނަށް އެންމެ ބޮޑަށް ފާޅުގައި މަސައްކަތް ކުރެއްވި އެއް ބޭފުޅެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޑުރަގާއި ގޭންގް ކުށްތަކުން ރާއްޖެ ސަލާމަތްކޮށް ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅު ވެއްޖެ އެވެ.
އާ ސަރުކާރަށް މަރުހަބާ ދަންނަވައި އުމަރު ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ރިޔާސަތުގައި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލައި، މަސްކަޑުން ގެއްލިގެން ދިޔަ ސަރަހައްދު އަނބުރާ ހޯދުމުގެ އިތުރުން ޑުރަގާ ގޭންގް ކުށްތަކުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. "ކޮރަޕްޝަނާ، ބޭކާރު އިސްރާފުތައް ނުކުރައްވާ، ރާއްޖޭގެ ދަރަނި ކުޑަކުރައްވާ، ހެޔޮލަފާ ސަރުކާރެއް ހިންގަވާނެ ކަމަށް އުއްމީދު ކުރަމެވެ،" އެ ޕޯސްޓްގައި ވެއެވެ.ޑްރަގާ ގޭންގް ކުށްތަކާބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި އިރު ރާއްޖޭ ގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް، ރައީސް މުއިއްޒުގެ ސަރުކާރުން އެދުމުން އެކަން ކުރަން ޖެހޭނީ ސުލްހަވެރި ކަމާއެކު ކަމަށާ އިންޑިއާ ސިފައިން ފައިބަން ދެކޮޅު ހަދައިފިނަމަ އެ މީހުން ހިމެނޭނީ "ހިސާރު ކުރާ ބާރެއް" ގެ ގޮތުގައި ކަމަށް ވެސް އުމަރު ވަނީ ވިދާޅު ވެފައެވެ.ރާއްޖޭ ގައި އިންޑިއާ ސިފައިން އެބަ ތިބި ކަމަށް އެންމެ ހަރުއަޑުން ވިދާޅުވާ އެއް ބޭފުޅަކީ އުމަރެވެ. އިންޑިއާ ސިފައިން ފައިބަން ޖެހޭ ކަމަށް ވިދާޅުވެ އެ ވާހަކަ އެންމެ ބޮޑަށް ދެއްކެވި އެއް ބޭފުޅަކީ ވެސް އުމަރެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ