ފަލަސްޠީނު އެ ހާލުގައިވަނިކޮށް އުފާފާޅު ކުރެވިގެން ނުވާނެ: އުމަރު ނަސީރު

އިންސާނިއްޔަތުކަމެއް ނެތް ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީނުގެ ކުށެއް ނެތް އާންމުންނާއި ދެކޮޅަށް ހިންގަމުންދާ ޤަތުލު އާންމާއި ބޮޑެތި ޖަރީމާތައް ހިންގާ އެ ގަައުމުގެ ރައްޔިތުން ބަަނޑުހައިހޫނު ކަމާ ބިރުވެރި ކަމުގައި ވަނިކޮށް ދިވެހީން ނިކުމެ އާ އަހަރު ފާހަގަ ކުރަން ހަވާ އަރުވާ އުފާފާޅު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އައު އަހަރު ފާހަގަ ކުރުމުގެ ގޮތުން "ދިވެހިންގެ ރާއްޖެ ފެސްޓިވަލް" ގެ ނަމުގައި މިއުޒިކް ފެސްތިވަލެއް ބާއްވައި ހަވާއެރުވުމާއި އުފާ ފާޅުކުރުން ކުރިއަށްދާނެ ކަމުގައި ސަރުކާރުން އިއުލާނުކޮށްފައިވަނިކޮށް އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް އުމަރު ނަސީރުވަނީ އެ ބޭފުޅާގެ ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ. 
އެ ޕޯސްޓްގައި އުމަރު ނަސީރުވަނީ ފަލަސްތީނުގެ އެތައް ހާސް މުސްލިމުން ތިބީ ބަނޑުހައި ހޫނުކަމާއި ބިރުވެރިކަމާއި ކަނުއަނދިރީ ގައި ކަން ފާހަގަކޮށްފައެވެ.
Advertisement
އަދި އެހާލަތުގައި އެ ޤައުމުގެ ރައްޔިތުން ވަނިކޮށް ދިވެހިން ހަވާއަރުވައި އުފާފާޅުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމުގައި އުމަރު ވަނީ ފާހަަގަކޮށްފައެވެ. 
[އެހާލަތުގައި ފަލަސްތީނުގެ ރައްޔިތުން] ތިއްބާ، އަޅުގަޑުމެން ހަވާ އަރުވާ އުފާފާޅު ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން،
އެގޮތުން އެ ޕޯސްޓުގައި އިޒްރޭލުގެ ޔަހޫދީ ސިފައިން ބަޑިން ހަމަލާދީ އަންހެނުންނާއި ކުޑަކުދީން ޝަހީދުކޮށް އެ މީހުންގެ ގުނަވަންތައް ބުރިކޮށް ހަދަމުންދާކަމަށާއި ޝަހީދުވެފައިވާ މީހުންގެ ހަށިތަކުގެ މައްޗަށް ކުޑަކަމުން ދިއުން ފަދަ މުޑުދާރު އެތައް އަމަލެއް ހިންގާ އެ މަންޒަރު ވީޑިއޯކޮށް އާންމު ކުރަމުން ގެންދާކަމުގައި އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ