ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އިންޓަ ސްކޫލް ލަވަ މުބާރާތް ބާއްވަނީ

ގިނަ އަހަރުތަކެއްގެ މެދުކެޑުމަކަށް ފަހު އިންޓަ ސްކޫލް ލަވަ މުބާރާތް ބޭއްވުމަށް ނިންމާ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ، ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އާޢި ޕަބްލިކް ސާވިސް މީޑިއާ އިންނެވެ.
މި މުބާރާތާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖޫންމަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ ސްކޫލަކަށް މިހާރު ފުރުސަތު ހުޅުވާލާފައި ވާކަމަށް އެޑިއެކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ޖޫނިއާ އަދި ސީނިއާ ކެޓަގަރީއަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 6 އުމުރުފުރާއަށް އޮންނާނެނެވެ. ޖޫނިއާ ގްރޫޕުގައި ހިމެނެނީ 6 އަހަރުން ދަށް، 9 އަހަރުން ދަށް އަދި 11 އަހަރުން ދަށުގެ އުމުރުފުރާއެވެ. ސީނިއާ ގްރޫޕުގައި ވާދަކުރާނީ 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ.
ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މިއަހަރު ލަވަ މުބާރާތް ބޭއްވުމަށް ނިންމާފާއިރު، ކުދިންގެ ހުނަރު ކުރިއެރުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންދަނީ ގިނަ މުބާރާތްތަކެއް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ